"ދަ ޑިމޮކްރެޓްސް" ޕާޓީގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ފުވައްމުލަކުގަ

"ދަ ޑިމޮކްރެޓްސް" ޕާޓީގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ފުވައްމުލަކުގަ

Author
އަޒްފާ ރަޝީދު
29 ޖޫން 2023 06:57
0

"ދަ ޑިމޮކްރެޓްސް" ޕާޓީގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ފެށުމަށް ތައްޔާރު ވެއްޖެއެވެ.

މިކަމާއި ގުޅިގެން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މެނިފެސްޓޯ ވޯކްޝޮޕް" ގެ ބައްދަލުވުން އޮންނާނީ މިރޭ 20:30 ގައި ފުވައްމުލައް ސިޓީ ކައުންސިލްގެ ކުރުދުމާ މާލަމުގައި ކަމަށެވެ.

މި ބައްދަލުވުމުގައި ޑިމޮކްރެޓުންނަށް ތާއީދުކުރައްވާ ހުރިހާ ބޭފުޅުން ބައިވެރިވުމަށް ދައުވަތު އަރުވާފައެވެ. އަދި މި ބައްދަލުވުމުގައި ހަސަން ލަތީފް ވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

"ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް ހުއްދަދޭން ނިންމައި އަންނަ އާދީއްތަ ދުވަހު އެ ހުއްދަ ރަސްމީކޮށް ދޭނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް ހުސައިން ހަބީބު ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް އެ ކޮމިޝަނުގެ މެންބަރަކު އެފަދައިން ވިދާޅުވެގެން އެ ވިދާޅުވާ ބަސްފުޅަށް އެއްވެސް އިތުބާރެއް ނެތް ކަމަށް ހަސަން ލަތީފު ވިދާޅުވެ އެޕާޓީއިން ވަނީ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.

ދި ޑިމޮކްރަޓްސް ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްވެ ހަރަކާޓްތެރި ވަމުންދަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ކަމަށްވާއިރު އެމަނިކުފާނު ވަނީ އެމްޑީޕީއިން ދާދި ފަހުން ވަކިވެ ވަޑައިގެންފައެވެ.

އެހެންނަމަވެސް ރައީސް ނަޝީދު ދަ ޑިމޮކްރެޓްސް އާއި އަދި ގުޅިވަޑައިގެންފައި ނުވި ނަމަވެސް ގިނަ ބަޔަކަު އަންނަނީ އެމަނިކުފާނު އެޕާޓީއާއި ގުޅިި ވަޑައިގެން އެޕާޓީގެ ރިޔާސީ ކެނޑިޑޭޓްގެ ގޮތުގައި ރިޔާސީ އިންތިޚާބަށް ނިކުންނަވާނެކަމަށް ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.