ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އައިސީޔޫގައި ފަރުވާދެނީ

ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އައިސީޔޫގައި ފަރުވާދެނީ

Author
މުޙައްމަދު ޝަޒައިމް
28 ޖޫން 2023 10:43
0

ރޭ ފަތިސް ނަމާދުން ފައިބައިގެން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ، އެކްސިޑެންޓްގެ ރިޕޯޓް ލިބުނީ މިއަދު ފަތިހު 5:00 ޖަހާކަންހާއިރު ކަމަށެވެ. އެ އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

އެ އެކްސިޑެންޓް ހިނގީ މަޖީދީ މަގުގައި ހުންނަ ރެޑްވޭވް ކައިރީގައެވެ. އެ މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ 22 އަހަރުގެ މީހެއް ކަމަށާއި އޭނާ އަތުގައި ލައިސަންސް ނޯންނަ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، އެ މީހާ އެކްސިޑެންޓް ވުމުން ސަރަހައްދުގައި ތިބި ބަޔަކު އޭނާ ނަގައިގެން ގެންދާތަން ފެނެ އެވެ. އަދި ސައިކަލު ދުއްވަން އިން މީހާ އެހެން ސައިކަލަކަށް އަރުވައިގެން ގެންދާތަންވެސް ފެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.