މާލެ ސަރަހައްދުން ގޯތި ދިނީ އެއްވެސް އިންސާފެއްނެތި ގާތް މީހުންނަށާއި ސަރުކާރުގެ ބޮޑުންނަށް ކަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
މާލޭ ސަރަޙައްދުން ގޯތި ދުކުރުމުގެ ނަމުގައި އިންސާފެއް ހަމަހަމަކަމެއް ނެތި ޙައްޤުވާ ފަރާތައް ބެލުމެއް ނެތި ބިންތައް ބަހާލުމުގެ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބަށް 75 ދުވަހަށް ވުރެ ގާތްވެފައިވަނިކޮށް، މާލޭ ސަރަޙައްދުގައިވާ ދިވެހި ރައްޔިތުންގެ ބިންތައް އެންމެ ޙައްޤުވާ ފަރާތްތައް ބެލުމެއް ނެތި، ނަހަމަ ގޮތުގައި ބަހާލި ބާހަލުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށެވެ.
އަދި މިއީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގި ސިޔާސީ ޢަމަލެއްކަމުގައި އިދިކޮޅު ކޯލިޝަނުން ބުނެއެވެ. ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި މާލޭ ސަރަޙާއްދުން ހިއްކާފައިވާ ބިންތަކުގައި ހުސްކޮށް ބިން ކޮޅެއް އޮތްނަމަ އެބިންތައް ވަނީ އެއްވެސް އިންސާފެއް ނެތި އިބްރާހީމް މުހައްމަދު ޞާލިޙުގެ ގާތް މީހުންނާއި ސަރުކާރުގެ ބޮޑުންނަށް ބަހާލާފައި ކަމަށާއި، އޭގެ ތެރޭގައި ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ގުޅީފަޅު ގެ އިތުރުން އަދި ހިއްކުމުގެ އީޕީއޭވެސް ހާދަފައި ނުވާ ސަރަޙައްދުތައް ހިމެނޭކަމަށް އެކޯލިޝަނުން ބުނެއެވެ.
ގޯތި ބެހުމުގައި އެއްވެސް އިންސާފުވެރިކަމެއް ނެތްއިރު މިސަރުކާރުގެ 20000 ފްލެޓްގެ ވަޢުދު ފުއްދުމަށް ކުރެވުނު މަސައްކަތެއް ނެތްއިރު، ރައީސް ޔާމީންގެ ވެރިކަމުގައި ފަށްޓަވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ އެތައް ފްލެޓެއް ހުސްކޮށް އެއްވެސް ރައްޔިތަކަށް ނުދީ އެތަންތަން ނިންމުމަށްވެސް އެއްވެސް މަސައްކަތެއް ނުކޮށް ހުރިކަންވެސް ވަނީ ފާހަގަކޮށްފައެވެ.
ހަމަހަމަކަމެއް އިންސާފެއް ނެތި ޙައްޤުވާ ފަރާތްތައް ބެލުމެއް ނެތި ރާއްޖޭގެ އެތައް ރައްޔިތަކު ބާކީކޮށް ގާތް އެކުވެރިންނާއި ސަރުކާރުގެ ބޮޑުންނަށް ބިން ތައް ބަހާލުމާއި، ހިއްކާފައި ނުވާ ސަރަޙައްދުތަކަކުން ގޯތި ހަމަޖައްސައިދީ ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން ހިންގާފައިވާ ޖަރީމާތައް އެސީސީއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ބެލުމަށް ވަނީ ގޮވާލާފައެވެ.
ބޯހިޔާވަހިކަމުގެ ބޭނުންޖެހިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް މާލޭ ސަރަޙައްދުން ބޯހިޔާވަހިކަން ލިބޭނޭ އިންތިޒާމު ހަމަޖައްސަވައިދެއްވުމަކީ ރައީސް ޔާމީންގެ ސިޔާތެއްކަމަށް އެކޯލިޝަނުން ބުނެއެވެ. އަދި އެމަނިކުފާނުގެ 2018 ވަނަ އަހަރުގެ ރިޔާސީ ވައުދެއްވެސްކަމަށާއި، ރައީސް ޔާމީންގެ ވެރިކަމެއް މިންވަރުފުޅު ކުރައްވައިފިނަމަ އެމަނިކުފާނުގެ ސިޔާސަތު ތަންފީޒު ކުރައްވާ ބޯހިޔާވަހިކަމުގެ ބޭނުންޖެހިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެ ކަމުގެ ޔަޤީންކަން އެކޯލިޝަނުން ވަނީ ދިވެހި ރައްޔިތުންނަށް އަރުވާފައެވެ.
3 Responses
ގޯތިދިނީ ގާތްމީހުނާ ރައްޓެހިބްނައް ވީއެންމެ އަވަހަކައް މިކަންތައްބެލުމައް އޭސީސީއައްގޮވާލަން
ޖޭ ވިޔަސް ތަންކޮޅެއް ބޮޑުވަރު! ތިޔަތިބީ ބޮޑުތަނުން މާލޭންވެސް ބަލިވެފަ! ދެން ލަލަލާ ލަލަލާ ލާ!
އަދުރޭ އަދުރޭގެ ގާތްމީހުންނަށއ ފްލެޓްތައްވެސް ހޯދައިދިން މުއީޒަށް ގުޅައިގެން.