5،000 ގޯތި ލިބޭ މީހުން ކަނޑައަޅައިފި، ޝަރުތުހަމަވި އެންމެނަށް ގޯތި ލިބޭނެ

5،000 ގޯތި ލިބޭ މީހުން ކަނޑައަޅައިފި، ޝަރުތުހަމަވި އެންމެނަށް ގޯތި ލިބޭނެ

Author
މުޙައްމަދު ޝަޒައިމް
26 ޖޫން 2023 04:34
0

ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯތި ހޯދަން އެދުނު އެންމެންނަށް ގޯތި ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހަންމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މާލެ ސަރަޙަށްދައް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށް މާލޭގެ ރަށްވެހިންނަށް ގޯއްޗާއި ފްލެޓު ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރިޔާސީ ވަޢުދުފުޅެކެވެ. މިގޮތުން ރައީސް ވަނީ މާލެ ސަރަަހއްދުންމާލޭގެ ރައްޔިތުންނަށް 5000 ގޯތި ދެއްވުމަށް ނިންމަވާ އެކަން އިޢުލާންކުރައްވާފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރ އަސްލަމް ވިދާޅުވީ މިމަސައްކަތް ކުރައްވާފައިވަނީ މިކަމަށް އެކުލަވާލި ކޮމެޓީން ވަރަށް އިންސާފުވެރި ކަމާއިއެކުގައި ކަމަށެވެ. ލިސްޓު ޢާންމުކޮށްފައިވާއިރު، ލިސްޓުގައި ގޯތި ލިބުނު މީހުންނާއި، ނުލިބޭ މީހުންނަށް ނުލިބުނު ސަބަބުވެސް އެމީހެއްގެ ޕޯޓަލްގައި ހިމަނާފައިވާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

މާލެ ސަރަހައްދުން ހުޅުވާލި ގޯއްޗަށް 15،164 މީހުން ވަނީ ކުރިމަތިލާފައެވެ. އެއީ 23،088 މީހުން ކަމަށް އަސްލަމް ވިދާޅުވިއެވެ. މީގެ ތެރެއިން ޝަރުތު ހަމަވަނީ 12،794 ފޯމެވެ. މިއީ މީހުންގެ އަދަދަށް ބަލާއިރު، 19،857 މީހުންނެވެ. ޝަތުރު ހަމަނުވަނީ 2،370 ފޯމެވެ. އެއީ 3،231 މީހުންނެވެ. މީގެ ތެރެއިން މިއަދު ޢާންމު ކުރާ ލިސްޓުން ގޯތި ލިބެނީ 10،314 ފަރާތަކަށެވެ.

އަސްލަމް ވިދާޅުވީ މި ވަގުތަށް އިއުލާން ކުރާ 5000 ގޯތި ލިބޭ މީހުންގެ އިތުރުން މި މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.

ކެބިނެޓްގެ ހާއްސަ ބައްދަލުވުމެއް ބާއްވާފައި އޮތީ ކޮލިފައިވީ އެންމެންނަށް ގޯތި ދޭން. ސަރުކާރުގެ ސިޔާސަތެއް އެބައޮތް މި ލިސްޓް ލައިވްކޮށް ބާއްވައިގެން ދެން ގޯތި ލިބޭ މީހުންގެ ކަންކަން ވެސް ކުރިއަށް ގެންދަން.

– އަސްލަމް ވިދާޅުވިއެވެ.

ގޯތި ދީފައިވާ ލިސްޓުގެ ޝަރުތައް ކަނޑައެޅިއިރު ބަލާފައިވާ ކަންކަންވެސް ވަނީ މި ޕްރެސްގައި ހިއްސާކޮށްފައެވެ. އަސްލަމް ވިދާޅުވީ ރައީސް ކަނޑައެޅުއްވި 5،000 ގޯތި ލިބޭ މީހުންގެ އިތުރުން ޝަރުތު ހަމަވާ މީހުންނަށް ގޮތްތަކެއް ސަރުކާރުން ހަމަޖައްސާލަ ދޭނެކަމަށެވެ. މިއަދު ލިސްޓު އާންމު ކުރުމަށްފަހު އަންނަ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ޝަކުވާއަށް ހުޅުވާލާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިމަރުހަލާއަށްފަހު ލިސްޓު ފައިނަލް ކުރެވިގެންދާނެކަމަށެވެ. ސަރުކާރުން ލިސްޓު ކަނޑައެޅުމުގައި މީހުންގެ ދިރިއުމުގެ ހާލަތަށާއި، މިވަގުތު ބިމާއި، ދިރިއުޅޭ ތަންތަނުގެ ހާލަތުވެސް ބަލާފައިވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.