ރާއްޖޭގެ ހަމަޖެހުމާއި މަސްލަހަތު ކަށަވަރު ކުރެވޭނީ ރައީސް ސާލިހު ދެވަނަ ދައުރަކަށް އިންތިޚާބު ކުރެވިގެން ކަމުގައި ހޯމް މިނިސްޓަރު ޝެއިޚް އިމްރާން ވިދާޅުވެއްޖެއެވެ.
އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މިވަގިތުގެ ހާލަތަށް ބަލާއިރު އެންމެ ބޭނުންވަނީ ގައުމުގެ ހަމަޖެހުމާއި މަސްލަހަތު ކަމުގައެވެ.
Rajjeyge miadhu haalathah enme beynunvanee qaumuge hamajehumaa maslahathu,
ekan kashavaru kureveynee @ibusolih dhevana dhaurakah inthikhaabu kurevigen.— Imran Abdulla (@ShimranAb) June 25, 2023
ރާއްޖޭގެ ހަމަޖެހުމާއި މަސްލަހަތަށް ރައީސް ސާލިހުއަށް ދެވަނަ ދައުރެއް ދޭންޖެހޭކަމަށް އިމްރާން ވިދާޅުވެފައިވާއިރު، ރައީސް ސާލިހުގެ ކެޕްމޭން އަންނަ އީދު ބަންދަށްފަހު ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އިދިކޮޅު ފަރާތްތަކުންވެސް ދަނީ ރިޔާސީ އިންތިޚާބަށް ކެމްޕޭން ހަރަކާތްތައް ފެށުމަށް ތައްޔާރު ވަމުންނެވެ.
މިގޮތުން އިދިކޮޅު ގިނަ ޕާޓީތަކުން ބުނެފައިވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވަކިވަކި ސިޔާސީ ޕާޓީތަކުން އިންތިޚާބުގައި ވާދަކުރި ނަމަވެސް، ހުރިހާ ޕާޓީއެއްގެވެސް އަމާޒަކީ ރައީސް ސާލިހުގެ ވެރިކަން ބަދަލު ކުރުންކަމަށް އިދިކޮޅު ހުރިހާ ޕާޓީއަކުންވެސް ވަނީ ބުނެފައެވެ.
އަދާލަތު ޕާޓީއަކީ މިހާރުވެސް ސަރުކާރު ހިންގާ ކޯލިޝަންގައި އޮތް ޕާޓީއަކަށް ވާއިރު، އެޕާޓީންވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައިވެސް ރައީސް ސާލިހަށް ތާއީދު ކުރުމަށް ނިންމާފައެވެ.
ކޮމެންޓު ފޮނުވާ