ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރާއްޖޭގެ ދަނޑުވެރިންނަށް ރަމްޒަމާނެއް ހޯދައި ދެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެކި ސިނާއަތްތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ބައްދަލު ކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން ޒުވާން ދަނޑުވެރިޔާއާއި ބައްދަލުކޮށް ޤާސިމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޖޭޕީގެ ވެރިކަމެއްގައި ރާއްޖޭގެ ދަނޑުވެރިކަމަށް ޒަމާނީ ވަސީލަތްތަކާއި އީޖާދީ ކަންކަން ތަޢާރަފް ކޮށްދެއްވާނެކަމަށެވެ.
ދިވެހީންގެ މި ޢިއްޒަތްތެރި ބިމުގައި، ދިވެހީންގެ މުނާސަބު ފެހި ދަނޑުގައި، ދިވެހީންގެ މުރާލިކަމާ އެކުގައި، ރުވަމުން މިދާ ގަސްތައް އިރާދަފުޅާ މިންވަރުފުޅުން ފޯދޭނެއެވެ. ދިވެހިޒުވާން ދަނޑުވެރިޔާ ރަމްޒީފަދަ އެތަކެއް ހާސް ދަނޑުވެރީން މި ޤައުމުގެ މުސްތަޤްބަލަށްޓަކާ އެބަ ބޭނުންވެއެވެ. އަޅުގަނޑުގެ ވެރިކަމެއްގައި ދަޑުވެރިކަން ޒަމާނީ ޓެކްނޯލިޖީއާއި އެކު ތަރައްޤީ ކޮށް، ޤައުމުގެ ފުޑްސެކިއުރިޓީއަށް އިސްކަންދީ، ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ރަންޒަމާން ގެންނާނަން.
– ޤާސިމް ވިދާޅުވިއެވެ.
ދިވެހީންގެ މި ޢިއްޒަތްތެރި ބިމުގައި،
ދިވެހީންގެ މުނާސަބު ފެހި ދަނޑުގައި،
ދިވެހީންގެ މުރާލިކަމާ އެކުގައި،
ރުވަމުން މިދާ ގަސްތައް الله ތަޢާލާގެ އިރާދަފުޅާ މިންވަރުފުޅުން ފޯދޭނެއެވެ. ދިވެހިޒުވާން ދަނޑުވެރިޔާ @ZuvanDhaduveria ރަމްޒީފަދަ އެތަކެއް ހާސް ދަނޑުވެރީން މި ޤައުމުގެ… pic.twitter.com/qXdP6Ank9h— Qasim Ibrahim (@qasimibrahim) June 18, 2023
ގާސިމް ވަނީ އޭނާ އަށް ވެރިކަން ލިބިވަޑައިގެންފި ނަމަ، 23 ދާއިރާއަކުން ވައުދުތައް ފުއްދަވައި ރައްޔިތުންގެ ހާސްކަން ފިލުވާލައި އުފާވެރި، ހަމަޖެހޭ ދިރިއުޅުމެއް ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ގާސިމް ސިފަ ކުރެއްވި ގޮތުގައި މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމަކީ ރާއްޖެ އަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ އަދި "ރަން ޒަމާނެއް" ހޯދައި ދޭނެ ފަސް އަހަރު ދުވަހުގެ ވެރިކަމެކެވެ.
ރައްޔިތުންގެ އާބާދީގެ ބޮލަކަށް ޖެހޭ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ ޕާ ކެޕިޓަލް) 18،000 ޑޮލަރުން 27،000 ޑޮލަރަށް މަތި ކުރައްވާނެ ކަމަށާއި ނެޝަނަލް ޔޫޒަބަލް ރިޒާވް 250 މިލިއަނުން އެއް ބިލިއަން ޑޮލަރަށް މަތި ކުރައްވާނެ ކަމަށް ވެސް ގާސިމް ވަނީ ވައުދުވެވަޑައިގެންފައެވެ.