މާލެ އަތޮޅު ގުރައިދޫގައި ޢީދު ފާހަގަކުރުމަށް ހިންގުނު ހަރަކާތްތަކުގެ ތެރެއިން

ރަށުން ބޭރަށް ފުރާ ފަރާތްތަކުން މުދަލާއި ގެދޮރުގެ ރައްކާތެރިކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި

ރަށުން ބޭރަށް ފުރާ ފަރާތްތަކުން މުދަލާއި ގެދޮރުގެ ރައްކާތެރިކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި

ޗުއްޓީއާއި ޢީދަށް ރަށުން ބޭރަށް ފުރާ ފަރާތްތަކުން މުދަލާއި ގެދޮރުގެ ރައްކާތެރިކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.

ފުލުހުން މިކަމަށް އިލްތިމާސްކޮށްފައިވަނީ ޢީދު ޗުއްޓީއަކީ އަބަދުވެސް ގިނަބަޔަކު އެއްތަނުން އަނެއްތަނަށް ޗުއްޓީއަށް ދަތުރުކުރާ ދުވަސްވަރެއްކަމުންނެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ރަށުން ބޭއަށް ފުރުމުގެ ކުރިން ގޭގެ ކުޑަ ދޮރުތަކާއި ފެން ލައިޓްތައް ރަނގަޅަށް ލެއްޕިފައި ހުރިތޯ ޔަޤީންކުރުން މުހިންމުކަމަށް ވިދާޅުވިއެވެ.

ޢީދަށް އަތޮޅުތަކުގެ ރަށްރަށަށް ޒިޔާރަތްކުރާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް ފާހަގަކޮށް ފުލުހުން ބުނެފައިވަނީ ޢީދަކީ ގިނަ މޫދު ކުޅިވަރުތަކެއް އޮންނަ ދުވަސްވަރަކަށް ވުމުން މޫދަށް އެރުމުގައާއި ކުޑަކުދިން މޫދަށް ގެންދިޔުމުގައި ސަމާލުކަން ދިނުން މުހިންމު ކަމަށެއެވެ.

ޗުއްޓީއަށް ފުރުމުގެ ކުރިން ގޭތެރޭގައި ހިނގާފާނެ އަލިފާނުގެ ޙާދިސާއަކަށް ވިސްނައި، ރައްކާތެރިވުމުގެ ގޮތުން ގޭސް ފުޅިން ގޭސް ލީކުވޭތޯ ޗެކް ކުރުމާއި، ނުވަތަ ގޭސް ފުޅީގެ ރެގިއުލޭޓަރ ނައްޓާލުން ބުއްދިވެރިއެވެ.

މީގެ އިތުރުން ގޭތެރޭގެ ކަރަންޓުގެ ޙާލަތު ބަލައި ކަށަވަރުކޮށް، ކަރަންޓުގެ ޝޯޓޭޖެއް ނުވަތަ އެނޫންވެސް ގޮތަކުން އަލިފާނުގެ ޙާދިސާއެއް ނުހިނގާނެ ގޮތަކަށް ގޭތެރޭގެ ކަންކަން އިންތިޒާމް ކުރުމަކީވެސް ދިމާވެދާނެ ނުރައްކާތެރި ޙާދިސާއަކުން ސަލާމަތްވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށް ވާނެއެވެ.

ޗުއްޓީއައް ނުވަތަ ދިގު މުއްދަތަކަށް ރަށުން ބޭރަށް ދާނަމަ، މުދަލާއި، ހިނގާފާނެ ނުރައްކާތެރި ޙާދިސައަކުން ސަލާމަތްވުމަށް އެޅޭނެ ހުރިހާ ފިޔަވަޅެއް އެޅުމަކީ މުހިންމު ކަމެކެއެވެ. މިގޮތަށް އެޅޭ ފިޔަވަޅުތަކުގެ ސަބަބުން ހިންގާ ނުރައްކާތެރި ޙާދިސާތަށް ބޮޑުތަނުން މަދުވެގެން ދާނެއެވެ.

އަތޮޅުތަކުން އެހެން ރަށްތަކަށް ޒިޔާރަތްކުރާ ފަރާތްތަކުން ވެސް ރަށުން ބޭރަށް ދިޔުމުގެ ކުރިން ޕޮލިހުންގެ ނެއިބަރހުޑް ޕޮލިސް ޕޯޓަލްއިން މަޢުލޫމާތު ޙިއްޞާކޮށްފައި ދިމުން ޕެޓްރޯޅް ކުރާ ފުލުހުން އެ ފަރާތްތަކުގެ ގޭގެ ރައްކާތެރިކަމަށް ސަމާލުކަން ދޭނެކަމަށް ފުލުހުން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *