ޕަންކުރީ އާއި ގޯތަމް އަށް ލިބެނީ ޓްވިންސްއެއް

ޕަންކުރީ އާއި ގޯތަމް އަށް ލިބެނީ ޓްވިންސްއެއް

Author
ފާތިމަތު ނާވީ
17 ޖޫން 2023 09:03
0

ޑްރާމާ ސިލްސިލާ ތަކުން އާންމުގެ މެދުގައި މަޝްހޫރު އެކްޓަރު ގޯތަމް ރޯޑް އާއި އަންހެނުން ޕަންކުރީ އަވަސްތީ އަށް ލިބެނީ އެއްމާބަނޑު ދެކުދިން ކަމަށް ޕަންކުރީ ބުނެފިއެވެ.

ތިންވަނަ ޓްރިމެސްޓާ ގުނަމުން އަންނަ ޕަންކުރީ ބުނީ އޭނާ އަށް ޓްވިންސްއެއް ލިބޭކަން އިގުނީ މިފަހުން ކަމަށެވެ. މާބޮޑަށް ލޭ ފައިބާތީ ޑޮކްޓަރަށް ދެއްކުމުން ހެދި ސްކޭން އަކުން އޭނާ އަށް ލިބޭނީ ޓްވިންސްއެއް ކަމަށް އެނގިފައިވާ ކަމަށް ވަނީ ބުނެފައިއެވެ.

ޕަންކުރީ ބަނޑުބޮޑު ކަން ހާމަ ކުރީ މި އަހަރުގެ ކުރީކޮޅުގައި ދެމަފިރިން ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައިއެވެ. އެ އިންޓަވިއުގައި އެމީހުން ވަނި ބަނޑުބޮޑުކަން އިއުލާން ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Pankhuri Awasthy Rode (@pankhuri313)

45 އަހަރުގެ ގޯތަމް ބެލުންތެރިންގެ މެދުގައި މަގުބޫލު ވެގެން ގޮސްފައިވަނީ 2013-2014 އަށް ގެނެސްދިން ސިލްސިލާ ޑްރާމާ "ސަރަސްވަތީ ޗައްދުރާ" އިންނެވެ. އޭނާ ވަނީ ބައެއް ރިއަލިޓީ ޝޯވ ތަކުގެ އިތުރުން ފިލްމް ތަކުންވެސް ފެނިގެން ގޮސްފައިއެވެ. 32 އަހަރުގެ ޕަންކުރީ ވަނީ "ކިޔާ ކުސޫރް ހޭ އަމާލަ ކާ" އާއި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ" އަދި "މެޑަމް ސާރ" ފަދަ ޑްރާމާ ތަކުން ފެނިގެން ގޮސްފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.