ޝިލްޕާގެ ގެއިން ވައްކަންކުރި މީހުން ހައްޔަރުކޮށްފި

ޝިލްޕާގެ ގެއިން ވައްކަންކުރި މީހުން ހައްޔަރުކޮށްފި

Author
ފާތިމަތު ނާވީ
17 ޖޫން 2023 08:25
0

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީގެ ގެއިން ވައްކަން ކުރި މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ޖުހޫގައި ހުންނަ ޝިލްޕާގެ ގެއިން ވައްކަންކުރި މައްސަލަ ރިޕޯޓްކޮށްފައިވަނީ މިދިޔަ ހަފްތާގައިއެވެ. މުމްބާއީ ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި މިހާރު ދެ މީހަކު ހައްޔަރުކޮށް، މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ޝިލްޕާ ގެއިން ވައްކަން ކޮށްފައިވާއިރު އޭނާ މިވަގުތު ހުރީ އާއިލާއެކު ޗުއްޓީ ހޭދަކުރުމަށް އިނގިރޭސިވިލާތުގަ އެވެ. މައުލޫމާތު ލިބޭ ގޮތުގައި  ޝިލްޕާ ގެއަށް ވަގުންތަކެއް ވަދެ، އަގުބޮޑު އެކި ސާމާނު ވަގަށް ނަފާފައިވެ އެވެ.

ދެ ކުދިންގެ މަންމަ ޝިލްޕާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ނިކައްމާ" އެވެ. އެއީ ދުވަސްގަނޑަކަށް ފަހު އޭނާ ބޮލިވުޑް އަށް އެނބުރި އައުން ފާހަގަ ކުރި ފިލްމްއެވެ. ނަމަވެސް އުންމީދު ކުރި ގޮތާއި ހިލާފަށް މި ފިލްމް ވެގެން ގޮސްފައިވަނީ ބޮޑު ފްލޮޕް އަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.