"ބާޖީރާއޯ މަސްތާނީ" ކަރީނާ ނުކުޅުނު ސަބަބު ހާމަ ކޮށްފި

"ބާޖީރާއޯ މަސްތާނީ" ކަރީނާ ނުކުޅުނު ސަބަބު ހާމަ ކޮށްފި

2015 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމް "ބާޖީރާއޯ މަސްތާނީ" އިން ފެނިގެން ދިއައީ ބޮލީވުޑްގެ އޭލިސްޓްގެ ތިން ތަރިން ކަމުގައިވާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އަދި ޕްރިޔަންކާ ޗޯޕްރާއެވެ.

ނަމަވެސް މި ފިލްްމް ކުޅުމުގެ ޕްރޮޕޯސަލް އެންމެ ފުރަތަމަ ދިއައީ ކަރީނާ ކަޕޫރަށެވެ. އެއީ ދީޕިކާ ކުޅުން ކެރެކްޓާ އަށެވެ. ކަރީނާ މި ފިލްްމް ކުޅުން ނަމަ މި ފިލްމް އިން ފެނިގެން ދާނީ ރަންވީރް އާއި ކަރީނާ އަދި ޕްރިޔަންކާއެވެ.

ފިލްމް ކަރީނާ އަށް ވަރަށް ކަމުދިއަ ކަމަށްވެއެވެ. އަދި ފިލްްމް ކުޅުމަށްވެސް އޭނާ ވަރަށް ބެނުން ވި ކަމަށްވެއެވެ. އަދި އެކަމުގައި ގިނަ މަޝްވަރާތަކެއް ސަންޖޭ އާއި ކަރީނާ ކުރިއަށް ގެންދިއަ ކަމަށްވެއެވެ. ނަމަވެސް ކަރީނާ ފިލްމް ނުކުޅުނީ ކޮންޓްރެކްޓްގައި އިން އެއްމެ ޕޮއިންޓެއްގެ ސަބަބުންނެވެ.

އެއީ އެ ފިލްމް ކުޅުމަށް ނަގާ މުއްދަތުގައި ބަނޑުބޮޑު ނުވެވޭނެ ކަމަށް އިން ޝަރުތު ކަމަށް ވެއެވެ. ކަރީނާ އެ ޝަރުތާ އެއްބަސް ނުވުމުން ފިލްމް ބީވެެގެން ދިއައީއެވެ. ކަރީނާ އަކީ މިހާރު ދެކުދިންގެ މަންމަ އެކެވެ. އޭނާގެ އަލަތު ދަރިފުޅު ލިބުނީ 2016 ވަނަ އަހަރުގައިއެވެ. އަދި ދެވަނަ ދަރިއަކު ލިބުނީ 2021 ވަނަ އަހަރުގައިއެވެ.

ސަންޖޭ ލީލާ ބަންސާލީ އަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި ކުޅަދާނަ އެއް ޑައިރެކްޓަރެވެ. އޭނާ ޑައިރެކްޓްކޮށްފައިވާ ގިނަ ފިލްމް ތަކަކީ ވަރަށް ވެސް ކާމިޔާބު ފިލްމް ތަކެކެވެ އެގޮތުން "ބާޖީރާއޯ މަސްތާނީ" ވެސް ވެގެން ގޮސްފައި ވަނީ ވަރަށް ކާމިޔާބު ފިލްމް އަކަށެވެ.

މި ފިލްމް އަކީ އަދި ހާއްސަކޮން ފިލްމްގެ ލަވަތަކަކީ މިހާރުވެސް ވަރަށް މަޝްހޫރު ލަވަ ތަކެކެެވެ. މި ފިލްމް ވަނީ 356.2 ކަރޯޑް ގެ އާމްދަނީ އެއް ހޯދައިފައިއެވެ. މި ފިލްމް އަކީ އަސަރުގަދަ ލޯބީގެ ފިލްމްއެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *