މިދިއަ ހުކުރު ދުވަހު ރިލީޒް ކުރި ފިލްމް "އަދިޕުރުޝް"ގެ 10،000 ޓިކެޓް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރު ގަނެފައިވާ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރަންބީރު ގަނެފައިވާ "އަދިޕުރުޝް"ގެ 10،000 ޓިކެޓް ބެހުމަށް ނިންމާފައިވަނީ ފަގީރު ކުދިންނަށާއި އިންޑިއާ ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށެވެ. ރަންބީރުގެ އިތުރުން ޕްރޮޑިއުސަރު އަބީޝެކް އަގަރުވާލްވެސް 10،000 ޓިކެޓު ހިލޭ ބެހުމަށް ވަނީ ގަނެފަ އެވެ.
އޯމް ރައުތު ޕްރޮޑިއުސްކޮށް ފަސް ބަހުރުވައަކުން ރިލީޒްކުރާ "އަދިޕުރުޝް" އަކީ އިންޑިއާގެ މަޝްހޫރު ފްލޯކު ވާހަކަ "ރާމަޔަނަ" ގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމް ގެ މުހިންމ ރޯލުތަކުން ފެނިގެންދާނީ ސައުތުގެ މަޝްހޫރު އެކްޓަރު ޕްރަބާސް އާއި ބޮލީވުޑްގެ ބަތަލާ ކްރިތީ ސެނޮން އާއި ސައިފް އަލީ ހާންއެވެ.
ކޮމެންޓު ފޮނުވާ