ހުޅުމާލެ ފޭސް 2 ގައި އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލެ ފޭސް 2 ގައި އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

Author
އަޒްފާ ރަޝީދު
15 ޖޫން 2023 07:22
0

ހުޅުމާލެ ފޭސް 2 ގައި އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގީ ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރަމުން އަންނަ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުން އަންނަ "އަމަން އުދަރެސް" ފްލެޓްތައް ހުންނަ ސަރަޙައްދުގައެވެ.

ފުލުހުން މަޢުލޫމާތުދޭ ގޮތުގައި މި އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 9 ޖަހާކަންހާއިރު ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ.

އެ މީހާ އަށް ލިބުނު އަނިޔާގެ ތަފުސީލު ފުލުހުން ހާމަކޮށްފައި ނުވާ އިރު، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ މީހާގެ އަތް އޮތީ ވަރަށް ބޮޑަށް މަށައިގެން ގޮސްފަ އެވެ. އަދި ބެލެވޭ ގޮތުގައި އޭނާ ދުއްވާފައި އައި ސައިކަލުން ބަހުގައި ޖެހި، ބަހުގެ ބިއްލޫރިގަނޑު ވެސް ހުރީ ވަރަށް ބޮޑަށް ތަޅައިގެން ގޮސްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.