ކަންގަނާ ޕްރޮޑިއުސް ކުރާ ފުރަތަމަ ފިލްމް މިމަހުގެ 23 ގައި

ކަންގަނާ ޕްރޮޑިއުސް ކުރާ ފުރަތަމަ ފިލްމް މިމަހުގެ 23 ގައި

Author
ފާތިމަތު ނާވީ
16 ޖޫން 2023 06:07
0

ބަތަލާ ކަންގަނާ ރަނާވަތުގެ އަމިއްލަ ފިލްމު ކުންފުނި، މަނިކަރްނިކާ ފިލްމްސް އިން އުފެއްދި ފުރަތަމަ ފިލްމު "ޓީކޫ ވެޑްސް ޝޭރޫ" މި މަހުގެ 23 ގައި ބެލުންތެރިންނަށް ގެނެސްދިނުމަށް ނިންމައި އެކަން އިއުލާން ކޮށްފިއެވެ.

މިއާއި އެކުގައި ކަންގަނާގެ ފިލްމް ކުންފުނި 'މަނިކަރުނިކާ ފިލްމުސް' އިން ޑިޖިޓަލް ފިލްމުގެ ތެރެއަށް ވަނީ ކަމުގައިވެސް ކަންގަނާ ވަނީ ބުނެފައެވެ. މި ފިލްމަކީ ލޯބީގެ ފިލްމެކެވެ. މީ ކަންގަނާގެ ފިލްމް ކުންފުނީގެ ފުރަތަމަ އުފެއްދުމެވެ.

"ޓީކޫ ވެޑްސް ޝޭރޫ" އަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ފިލްމަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށް މި ފިލްމް ގެ ޓްރެއިލާ ލޯންޗް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން ކަންގަނާ ވަނީ ބުނެފައިއެވެ.

މި ފިލްމް ގެ ލީޑުން ފެނިގެން ދާނީ ނަވާޒުއްދީން ސިއްދީގީ އާއި ބަތަލާ ރާނީ މުކަރްޖީގެ 2014 ގެ ފިލްމު "މަރުދާނީ" ގެ ރޯލެއް ކުޅުނު އަވްނީތު ކޯރް އެވެ. މި ދެތަރިންގެ އިތުރުން ކާސްޓްގައި ޒާކިރު ހުސައިނާއި ވިޕިން ޝަރުމާ ފަދަ އެކްޓަރުން ހިމެނެ އެވެ.

 

View this post on Instagram

 

A post shared by Kangana Ranaut (@kanganaranaut)

އަނޫރާގް ބާސޫ ޑައިރެކްޓް ކޮށްފައިވާ ފިލްމު "ގޭންގްސްޓާރ" އިން ފިލްމީ ކެރިޔަރ ފެށި ކަންގަނާގެ އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ދެއްކި ފިލްމު "ޕަންގާ" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.