އިނާޔާ މާމަގެ ގޭގައި

އިނާޔާ މާމަގެ ގޭގައި

Author
ފާތިމަތު ނާވީ
16 ޖޫން 2023 09:30
0

އިނާޔާ އަކީ ކުރީގެ ބައެއް ފިލްމް ތަކުނެ ފެނިގެން ގޮސްފައިވާ ބަތަލާ ސޯހާ އަލީ ހާން އާއި ކުނާލް ކޭމޫގެ ހަމަ އެކަނި ދަރިފުޅެވެ.

އިނާޔާ އަކީ ޕަތައުޑި ހާންދާންއަށް ނިސްބަތްވާ ވަރަށް ލޯބި ކުއްޖެއްގެ ގޮތުގައި އެންމެވެސް ގަބޫލު ކުރާ ކުއްޖެކެވެ. އިނާޔާގެ މާމަ އަކީ ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓެގޯރްއެވެ. އިނާޔާގެ އާއިލާ އަކީ ވަރަށް މަޝްހޫރު އާއިލާ އެކެވެ. އެގޮތުން އެއާއިލާ އަށް ނިސްބަތްވާ ބޮޑެތި ނުފޫޒު ގަދަ ތަރިން ބޮލީވުޑްގައި އެބަ ތިއްބެެވެ.

އެގޮތުން ކަރީނާ ކަޕޫރު އާއި ސައިފް އަލީ ހާންއާއި ސާރާ އާއި މީ މުޅިންވެސް ޕަތައުޑީ ހާންދާން އަށް ނިސްބަތްވާ މަޝްހޫރު ތަރިންނެވެ. ކޮންމެއަކަސް އިނާޔާ އަކީ ކުޑައިރުން ފެށީގެން ވެސް މީހުންނަށް އިހުތިރާމް ކުރުމާއި މަންމަ އާއި އެކުގައި ކަސްތަރު ކުރާ ވީޑިއޯ ކޮޅުތަށްވެސް ދޭތެރެ ދޭތެރެއިން އާންމުވެއެވެ.

އެގޮތުން މިހާރު ވަނީ އަނެއްކައިވެސް އިނާޔާގެ ވަރަށް ލޯބި ފޮޓޯތަކެއް އޭނާގެ މާމައާއި އެކުގައި އާންމު ވެފައިއެވެ. އެގޮތުން މާމަ އާއި އެކުގައި ޔޯގާ ހަދަނިކޮން އަދި ކަނިކޮންވެސް މި ފޮޓޯއިން ފެނިގެން ދެއެވެ. މީއީ އިނާޔާ މާމަ ކައިރިއަށް ކުރި ޒިޔާތަރުގައި ނަގައިފައިވާ ފޮޓޯތަކެކެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

ސޯހާ އާއި ކުނާލް ކައިވެނި ކުރީ 2015 ވަނަ އަހަރުގައިއެވެ. އިނާޔާ އުފަންވެފައި ވަނީ 29 ސެޕްޓެމްބަރު 2019 ގައިއެވެ. މީ މެދަމަފިރިންގެ އަލަތު ދަރިފުޅެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.