ބޮލީވުޑްގެ ބިރު ކުޑަ ބަތަލާގެ ގޮތުގައި މަޝްހޫރު ކަންގަނާ ރަނާވަރު އާންމުކޮށް ކަސްތަރު ކުރުން ހުއްޓާލާފައި އޮންނަތަނާ ދެ އަހަރު ފަހުން އަލުް ކަސްރަތަށް އެނބުރި އައިފިއެވެ.
އިންސްޓަގްރާމްގައި ކަންގަނާ ވަނީ އޭނާ ކަސްރަތު ކުރާ ކުރު ވީޑިއޯ އެއް ހިއްސާ ކޯށްފައިއެވެ. އަދި ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެވޭނެ ކަމަށް އޭނާ ވަނީ ބުނެފައިއެވެ.
ކަންގަނާގެ ޕޯސްޓުގައި ވަރަށް ފަރިތަމާއި އެކުގައި އޭނާ ކަސްތަރު ކުރާތަން ފެނިގެންދެއެވެ. އެގޮތުން މިހާރު އަނެއްކާ ވެސް ތައްޔާރު ވަނީ އެކްޝަން ފިލްމަކަށް ހަށިގަނޑު ތައްޔާރުކުރަން ކަމަށް ބުންޏެވެ.
އޭނާގެ އާންމު ދިރިއުޅުމުގެ ކަސްރަތު ދޫކޮށްލީ މިދިއަ ދެއަހަރު އޭނާ ކުޅެމުން އަންނަ ފިލްމް "އިމަޖެންސީ" ސޫޓިން ކުރިއަށް ދާތީއެވެ. އެ ފިލްމްގެ ލީޑުން އޭނާ ފެނިގެން ދާއިރުގައި ޑައިރެކްޓަރަކީވެސް އޭނާއެވެ. ފިލްމް ގައި އޭނާ ފެނިގެންދާނީ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލުންނެވެ.
ކަންގަނާ، 36، ގެ "އިމަޖެންސީ" މި އަހަރުގެ އޮކްޓޯބަރުގައި ގެނެސްދޭން ތާވަލުކޮށްފައި ވާއިރުގައި ބޮޑެތި ޕްރޮޖެކްޓް ތަކެއް ކުރިއަށް އެބަހުއްޓެވެ.
ކޮމެންޓު ފޮނުވާ