"ދަ ޓްރަޔަލް" ގެ ޓަރެއިލާ ދައްކައިލައިފި

"ދަ ޓްރަޔަލް" ގެ ޓަރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
13 ޖޫން 2023 08:20
0

ބޮލީވުޑްގެ ބަތަލާ ކާޖޮލްގެ ފުރަތަމަ ވެބް ސީރީޒް "ދަ ޓްރަޔަލް" އަންނަ މަހުގެ 14 ގައި ޕްރީމިއާކުރަން ނިންމައި އޭގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

މި ވެބް ސީރީޒް ގައި ކާޖޮލް ފެނިގެންދާނީ ވަކީލެއްގެ ގޮތުގައެވެ. އަދި ބޮލީވުޑްގެ އިތުރުން އިންޑިއާގެ ކޯޓްތަކުގެ ރަހަތައް ހެޔޮވަރު ކޮށްގެން ގެނެސްދޭ މި ވެބް ސީރީޒްގެ ޑައިރެކްޓަރަކީ ސުޕަން ވަރުމާ އެވެ. އޭނަ އަކީ "އޭކް ކިލާޅީ، އޭކް ހަސީނާ" އަދި "އެސިޑް ފެކްޓްރީ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

 

View this post on Instagram

 

A post shared by Disney+ Hotstar (@disneyplushotstar)

ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދޭން ހަމަޖެހިފައިވާ މި ސީރީޒަކީ ހުނަރުވެރި ވަރުގަދަ ވަކީލެއްގެ ރޯލުން ފެންނާނެ ކޯޓް ޑްރާމާއެކެވެ. "ދަ ޓްރަޔަލް" އަކީ "ދަ ގުޑް ވައިފް" ގެ ނަމުގައި ގެނެސްދިން އެމެރިކާގެ ލީގަލް ސީރީޒްގެ އިންޑިއާ ވާޝަނެވެ.

"ދަ ޓްރަޔަލް" ގެ ކާސްޓްގައި ޖިއްޝޫ ސެން ގުޕްތާ، އާމިރު އަލީ އަދި ޝީބާ ޗައްޑާ ފަދަ ފަންނާނުން ހިމެނެ އެވެ. "ދަ ގުޑް ވައިފް" އަކީ 2009-2016 އަށް ހަތް ސީޒަނަކަށް 156 އެޕިސޯޑް ގެނެސްދިން ވަރަށް މަގުބޫލު ސިލްސިލާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.