"ދަ ޓްރަޔަލް" އަންނަ މަހުގެ 14 ގައި

"ދަ ޓްރަޔަލް" އަންނަ މަހުގެ 14 ގައި

Author
ފާތިމަތު ނާވީ
14 ޖޫން 2023 10:20
0

ބޮލީވުޑްގެ ބަތަލާ ކާޖޮލްގެ ފުރަތަމަ ވެބް ސީރީޒް "ދަ ޓްރަޔަލް" އަންނަ މަހުގެ 14 ގައި ޕްރީމިއާކުރަން ނިންމައިފި އެވެ. ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ބަތަލާ ކަމުގައިވާ ކާޖޮލް ގެ އަލަތު ވެބް ސީރިޒް "ދަ ގުޑް ވައިފް"ގެ ފަސްޓްލުކް ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކާލައިފި އެވެ.

ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދޭން ހަމަޖެހިފައިވާ މި ސީރީޒަކީ "ދަ ގުޑް ވައިފް" ގެ ނަމުގައި ގެނެސްދިން އެމެރިކާގެ ލީގަލް ސީރީޒްގެ އިންޑިއާ ވާޝަނެވެ. ކާޖޮލް ވަކީލެއްގެ ރޯލުން ފެންނާނެ ސީރީޒަށް ދީފައިވާ ނަމަކީ "ދަ ޓްރަޔަލް" އެވެ.

 

View this post on Instagram

 

A post shared by Disney+ Hotstar (@disneyplushotstar)

މި ވެބް ސީރީޒް ގައި ކާޖޮލް ފެނިގެންދާނީ ވަކީލެއްގެ ގޮތުގައެވެ. އަދި ބޮލީވުޑްގެ އިތުރުން އިންޑިއާގެ ކޯޓްތަކުގެ ރަހަތައް ހެޔޮވަރު ކޮށްގެން ގެނެސްދޭ މި ވެބް ސީރީޒްގެ ޑައިރެކްޓަރަކީ ސުޕަން ވަރުމާ އެވެ. އޭނަ އަކީ "އޭކް ކިލާޅީ، އޭކް ހަސީނާ" އަދި "އެސިޑް ފެކްޓްރީ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

"ދަ ގުޑް ވައިފް" އަކީ 2009-2016 އަށް ހަތް ސީޒަނަކަށް 156 އެޕިސޯޑް ގެނެސްދިން ވަރަށް މަގުބޫލު ސިލްސިލާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.