ހައްޖުވެރިންނާއި ލަގެޖް އެއާރޕޯޓަށް ގެންދިއުމުގައި އާރބަންކޯއިން އެހީވަނީ

ހައްޖުވެރިންނާއި ލަގެޖް އެއާރޕޯޓަށް ގެންދިއުމުގައި އާރބަންކޯއިން އެހީވަނީ

Author
އަޒްފާ ރަޝީދު
12 ޖޫން 2023 08:27
0

ހައްޖަށްދާ މީހުންގެ އިތުރުން އެ ފަރާތްތަކުގެ ލަގެޖް އެއާޕޯޓަށް ގެންދިއުމަށް އާރބަންކޯގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އާރބަންކޯއިން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖެއިން ހައްޖަށް ދާ ފަރާތްތަކުގެ ދަތުރުގައި އެހީތެރިވުމަށް އަރބަންކޯއިން ދަތުރުވެރިން އެއާޕޯޓަށް އުފުލައިދޭން ވަނީ ފަށާފައެވެ. ހައްޖަށް ފުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާއި ހަމައަށް އެ ފަރާތްތަކުގެ ލަގެޖާއި، ދަތުރުވެރިން އެއާޕޯޓަށް ގެންގޮސްދިނުމުގެ ޚިދުމަތް އަރބަންކޯއިން އަންނަނީ ދެމުންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

އެކުންފުނިން މިވަގުތު އުފުލައި ދިނުމަށް ނިންމާފައިވަނީ ހައްޖު ކޯޕަރޭޝަނާއި، ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް، އަލްމަނާސިކް އަދި އަލްހަރަމައިން ގެ ހައްޖުވެރިންނާއި ލަގެޖެވެ. އެގޮތުން ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިން ގެންދަނީ ޖުމްލަ 3 ދުވަހުއެވެ. އޭގެ ތެރޭގައި މިއަދު 243 ހައްޖުވެރިން އަދި 16 ވަނަ ދުވަހު އާއި 19 ވަނަ ދުވަހު 243 ހައްޖުވެރިން ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ހައްޖުގެ މާތް އަޅުކަމުގައި ބައިވެރިވާ ފަރާތްތަކަށް އެ ކުންފުނީގެ ފަރާތުން އެހީއެއްގެ ގޮތުގައި ދަތުރު ހަމަޖައްސައިދެވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އާބަންކޯއިން ބުނެއެވެ. މީގެ ކުރިންވެސް އާބަންކޯއިން ހައްޖަށްދާ މީހުންނާއި ލަގެޖް އުފުލުމުގައި އެހީވެ ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.