ކުޅިވަރުގެ ދާއިރާއިން ޒުވާނުނަށް ފުރުސަތު ހޯދުމަށް އަޝްފާޤު

ކުޅިވަރުގެ ދާއިރާއިން ޒުވާނުނަށް ފުރުސަތު ހޯދުމަށް އަޝްފާޤު

ގުޅުންހުރި

ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން ފަހި ފުރުސަތު ހޯދުމަށް އިތުބާރު ފޯވާޑު އަލީ އަޝްފާޤު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ އާއި މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ސްޓެލްކޯގެ މިބައްދަލުވުމާއި ގުޅޭގޮތުން އަޝްފާޤު ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން އިތުރު ފުރުސަތުތައް ތަނަވަސް ކުރުމަށް މަޝްވަރާ ކޮށްފައިވާކަމަށެވެ. އަޝްފާޤަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާކަމަށް ގިނަބަޔަކު ޤަބޫލުކުރާއިރު، އޭނާވަނީ ދާދިފަހުން އޭފްސީ ބެރެކްޓް ޗެލެންޗުގައި ހޮވާ އެންމެ ރޯތި ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފްވެސް ހޯދާފައެވެ.

ބްރެކެޓް ޗެލެންޖު ކާމިޔާބް ކުރުމަށްފަހު އަޝްފާޤު ބުނެފައިވަނީ ޤައުމީ ކަންކަމުގައި ޚިދުމަތް ކުރުމަށް އަބަދުވެސް ދެމި ހުންނާނެކަމަށެވެ. އަޝްފާޤަކީ ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކުޅުންތެރިއެވެ. އެގޮތުން އޭނާގެ ބޮޑު ހިއްސާއެއް އޮންނަ ސުޕަޔުނައިޓެޑް ސްޕޯޓްސް (ސަސް) ވަނީ މިއަހަރު ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދާފައެވެ.

އަޝްފާޤާއިއެކު މިބައްދަލުވުމުގައި ސުޕް ޔުނައިޓެޑް ސްޕޯޓްސްގެ އިސްބޭފުޅުންތަކެއްވެސް ބައިވެރިވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *