ސައުތުގެ މަޝްހޫރު ބަތަލާ ނަޔަންތަރާ އޭނާގެ ދެ ކުދިންނާއި އެކުގައި ނަގައިފައިވާ ފޮޓޯއެއް އާންމު ކޮށްފިއެވެ. ވަރަށް ބޮޑަށް މީޑީއާ އަށް 'ފޮރުވައިގެން' ގެންގުޅޭ އޭނާގެ ދެކުދިންނާއި އެކުގައި ނަޔަންތަރާ ނަގައިފައިވާ ފޮޓޯތަށް ވަނި ވައިރަލް ވެފައިއެވެ.
މިއަަހަރު އެޅުވުމަށް ތާވަލް ކޮށްފައިވާ ޝާހުރުކް ހާންގެ "ޖަވާން" އިން ބޮލީވުޑްއަށް ތައާރަފް ވުމަށް ތައްޔާރު ވަމުން އަންނަ ބަތަލާ ކައިވެނި ކޮށްފައިވަނީ މިދިއަ އަހަރުގެ ޖޫން މަހު ލޯބިވެރިޔާ އެކްޓަރ ވިގްނޭޝް ޝިވަން ވަރަށް ކުލަ ގަދަ ހަފްލާއެއްގައި އެވެ.
2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެމީހުން ވަނީ އެއްމާބަނޑު ދެކުދިން ލިބުނުކަން އިއުލާން ކޮށްފައިއެވެ. އެ ދެމަފިރިން ދަރިންހޯދީ ސަރޮގޭޓްކޮށްގެންނެވެ. މިހާރަކަށް އައިސް ސަރޮގަސީ މެދުވެރިކޮން ދަރިން ހޯދާ ތަރިން އަންނަނީ އިތުރު ވަމުންނެވެ. 37 އަހަރުގެ ބަތަލާ އަކީ ސައުތުގެ މަގުބޫލު އެތަށް ފިލްމް އެއްގައި މަސައްކަތް ކޮށްފައިވާ ތަރިއެކެވެ.
މި ދެތަރިން ބައްދަލުވެފައިވަނީ 2015 ވަނަ އަހަރުގެ ފިލްމް "ނާނަމް ރައުޑީ ދާން" ގެ ސެޓުންނެނެވެ. ރައްޓެހިވެގެން އެކުގައި އުޅޭތާ 7 ވަރަކަށް އަހަރުފަހުން މިދެމީހުން ކައިވެނީގެގޮއް ޖެހިއިރު ދެމީހުން ލިވިންގް ރިލޭޝަން ޝިޕްއެއްގައި އުޅެމުން އަންނަނަތާވެސް ދުވަސްތަކެއް ވެއްޖެއެވެ.
ކޮމެންޓު ފޮނުވާ