ރަންބީރް އާއި އާލިއާ އަށް ދެވަނަ ފިލްމްއެއް

ރަންބީރް އާއި އާލިއާ އަށް ދެވަނަ ފިލްމްއެއް

Author
ފާތިމަތު ނާވީ
08 ޖޫން 2023 08:38
0

ބޮލީވުޑްގެ މަޝްހޫރު ދެމަރިފިން ކަމުގައިވާ އާލިއާ ބަޓް އާއި ރަންބީރް ކަޕޫރު އަށް އެކީގައި ކުޅެން ދެވަނަ ފިލްމެއް ލިބިފައިވާ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ.

މި ފިލްމަކީ ޕްރޮޑިއުސަރު މަދޫ މަންޓޭނާއާ ގުޅިގެން ޑައިރެކްޓަރު ނިތޭޝް ތިވާރީ ހަދަން އަމާޒު ހިފައިފައިވާ ވަރަށް ގްރޭންޑްކޮށް ބޮޑު ބަޖެޓަކުން ހެދުމަށް ނިންމައިފައިވާ ފިލްްމް އެއް ކަމަށް ހަބަރުތަށް ބުނެއެވެ.  އެފިލްމް އަކީ "ރާމާޔަން" ކަމަށްވެސް ހަބަރުތަށް ބުނެއެވެ. މައުލުމާތު ލިބޭގޮތުގައި ފިލްމުގައި ރާމްގެ ރޯލަށް ރަންބީރް ނަގާފައިވާ އިރު، އޭގައި ސީތާގެ ރޯލު ކުޅޭނީ އާލިއާ އެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

އެދެތަރިން އެކުގައި ފެނިގެންދާ ދެވަނަ ފިލްމް އާއި ބެހޭގޮތުން މިހާތަނަށް އަދި އެއްވެސް މައުލޫމާތެއް ކަށަވަރެއް ނުވެއެވެ. އެހެން ކަމުން މީ ކޮންކަހަލަ ފިލްމް އެއް ކަމެއްވެސް ނޭގެއެވެ.

އެދެމީހުން އެކުގައި ފުރަތަމަ ފަހަރަށް ފެނިގެންދިއައީ ގިނަ ރެކޯޑްތަކެއް މުގުރާލި ފިލްމް "ބްރަމަސްތުރާ: ޕާޓް ވަން ޝިވާ" އެވެ. މިދިއަ އަހަރު ރިލީޒް ކުރި އެ ފިލްްމ އަކީ އަހަރުގެ އެންމެ ކާމިޔާބު ފިލްމް ތަކުގެ ލިސްޓުން ޖާހަ ހޯދައިފައިވާ ފިލްމްއެކެވެ.

މިދިއަ އަހަރު ކައިވެނި ކުރި މެދެތަރިން ގެ ކުރި އަށް ހުރި ފިލްމް ތަކަށް ބަލާލާއިރުގައި ރަންބީރު ދެން އެންމެ އަވަހަށް ފެނިގެންދާނީ އޮގަސްޓަށް ތާވަލުކޮށްފައި އޮތް "އެނިމަލް" އިންނެވެ. އާލިއާ އެންމެ އަވަހަށް ދެން ފެނިގެންދާނީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.