ކެޓުރީނާ ކޮންމެ ހަފުތާއަކު ބަޖެޓް މީޓިންގް ބާއްވާ

ކެޓުރީނާ ކޮންމެ ހަފުތާއަކު ބަޖެޓް މީޓިންގް ބާއްވާ

Author
ފާތިމަތު ނާވީ
09 ޖޫން 2023 10:12
0

މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ކޮންމެ ހަފްތާ އަކުވެސް ބަޖެޓް މީޓިންގ ބާއްވާ ކަމަށާއި އެއީ އޭނާ އަށް ވަރަށް ކަމުދާ ކަމެއް ކަމަށް އެކްޓަރު ވިކީ ކޯޝަލް ބުނެފިއެވެ.

ވިކީ އާއި ކެޓްރީނާ ކައިވެނި ކުރީ 2021 ވަނަ އަހަރުގައިއެވެ. ވަރަށް ޕްރައިވެޓް ކޮން ބޭއްވި މި ކައިވެނި ހަފްލާ ގައި ބައިވެރިވީ ގާތް ރައްޓެހިންނާއި އާއިލާގެ މަދު މެންބަރުންނާއި އެކުގައިއެވެ.

 

View this post on Instagram

 

A post shared by Vicky Kaushal (@vickykaushal09)

ވިކީ ބުނި ގޮތުގައި އަންހެނުން ކެޓުރީނާ ކޮންމެ ހަފުތާއަކު އެއް ދުވަހު އެމީހުންގެ ގޭގައި މަސައްކަތްކުރާ މުވައްޒަފުންނާއި ގޭގައި އުޅޭ އެންމެންނާއެކު ބަޖެޓް މީޓިންގް އެއް ބާއްވަ އެވެ. އަދި އެއީ އޭނާ އަށް ވަރަށް މަޖާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

"އަހަރެންނަށް ވަރަށް ކަމުދޭ އޭނާ ބާއްވާ މީޓިން. އަހަރެން އިންނަނީ އޯޑިއަންސްގައި. މީޓިން ކުރިއަށްދާ ގޮތް ބަލަން ކޮޕްކޯން ތަށި ހިފައިގެން. އެއީ ވަރަށް ހިތްހަމަ ޖެހޭ ވަރަށް މަޖާ ވަގުތު ކޮޅެއް."

މި ވާހަކަތަށް ވިކީ ހިއްސާ ކުރީ އޭނާގެ ފިލްމް ޕްރޮމޯޓް ކުރުމަށް ބޭއްވި އިވެންޓެއްގައިއެވެ. ވިކީ އާއި ސާރާ އަލީ ހާން ލީޑުން ފެނިގެންދިއަ "ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ" ރިލީޒް ކުރީ މިމަހުގެ 2 ވަނަ ދުވަހުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.