ހުނަރުވެރި އެކްޓަރި މަނޯޖް ބާޖްޕާއީ އާއި އޭނާގެ އަންހެނުން ޝަބާނާ ރަޒާ ބައްދަލުވީ އެދެމީހުންގެ ވެސް ފިލްމް ތަށް ރިލީޒް ކުރި ދުވަސްތަކުގެ ކުރީކޮޅުގައިއެވެ.
އެއީ 1998 ވަނަ އަހަރު މަނޯޖް، އޭނާގެ ބްލޮކްބަސްޓާ ފިލްމު "ސަތުޔާ" ރިލިޒް ކުރިތަނާ ކަހަލަ ގޮތަކަށެވެ. އަދި ހަމަ އެދުވަސް ވަރު ވަނީ ޝަބާނާ އާއި ބޮބީ ޑިއޯލް އެކު ކުޅުނު ރޮމޭންޓިކް ފިލްމް "ކަރީބް" އިން ފެނިގެން ގޮސްފައިއެވެ.
ކޮންމެ އަކަށް މިދެމީހުން ބައްދަލުވެ ރައްޓެހި ރަހުމަތެރިކަން އުފެދި އެދެމީހުންގެ މެދުގައި ލޯބި އުފެދިފައިވާ އިރުގައި އެލޯބީގެ ފެށުން މަނޯޖް ވަނީ ހިއްސާ ކޮށްފައިއެވެ. އެދެމީހުންގެ ފުރަތަމަ ބައްދަލުވުން އެއީ ވަރަށް ހާއްސަ ބައްދަލު ވުމެއް ކަމަށްވެއެވެ.

އެދެމީހުން އެންމެ ފުރަތަމަ ބައްދަލުވީ ޕާޓީއެއްގެ ތެރެއިންނެވެ. ދާދި ފަހުން ހިއުމަންސް އޮފް ބޮމްބޭއަށް ދިން އިންޓަވިއުއެއްގައި މަނޯޖް ވަނީ އެމީހުންގެ ފުރަތަމަ ބައްދަލުވުން ހަނދާންކޮށްދީ ފާހަގަކޮށްފައެވެ.
"ހަގީގަތުގައި ޝަބާނާ އަކީ ވަރަށް ރީތި އަންހެނެއް. މިހާރު ވެސް އެއީ ވަރަށް ރީތި މީހެއް. އޭނާގެ ރީތި ކަމުގެ ޖާދޫގައި ޖެހުމަށްވުރެ ބޮޑަށް އަހެން ޖެހުނީ އޭނާގެ ތެޔޮލައި އޮފް ކޮށްފައި އޮތް އިސްތަށިގަނޑުގައި. އެހާ ގިނަ އިން ތެޔޮ ލައިގެން އެހާ ބޮޑު ޕާޓީއަކަށް އައުމުން އަހަރެން ހަމަ އާޝޯހްވި."
54 އަހަރުގެ އެކްޓަރު މަނޯޖް އަކީ ވަރަށް ހުނަރުވެރި އެކްޓަރެކެވެ. އޭނާ ވަނީ ކާމިޔާބު އެތަށް ފިލްމްއެއްގައި މަސައްކަތް ކޮށްފައިއެވެ. އެކްޓަރު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިއަހަރުގެ ފިލްމް "ގުލްމޯހަރް" އިންނެވެ.

މި ދެމީހުން ލޯބިވެގެން، ގާތްގަނޑަކަށް އަށް އަހަރު ވަންދެން ރައްޓެހިވެގެން އުޅުނެވެ. އެހާދިގު މުއްދަތަކަށް ފަހު ދެމީހުން ކައިވެނި ކުރީ 2006 ވަނަ އަހަރުގައިއެވެ. އެކައިވެނިން ވަނީ އަންހެން ކުއްޖަކު ލިބިފައިއެވެ.
ކޮމެންޓު ފޮނުވާ