މުޅި ދުނިޔެ އިން ވެސް އެންމެ ރީތި އަންހެނަކި އޭނާ ގެ އަންހެނުން ބަތަލާ ސްރީދޭވީ ކަމަށާއި ނަމަވެސް ސްރީދޭވީ އަށް ފަހު ދެން އެންމެ ރީތި އަންހެނަކީ ކީރްތީ ސުރޭޝް ކަމަށް ފިލްމް މޭކާ އަދި ސްރީގެ ފިރިމީހާ ބޯނޭ ކަޕޫރު ބުނެފިއެވެ.
ސައުތުގެ މަޝްހޫރު ބަތަލާ ކީރްތީ ރީތިކަމަށް ބުނެ ބޯނޭ ވަނީ ވަނީ ކީރްތީ އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައިއެވެ. މިކަން ހާމަކޮށްފައިވަނީ ކީރްތީ ސުރޭޝް ލީޑް ރޯލުން ފެނިގެންދާ ފިލްމު "މަމަންނާން" ގެ އޯޑިއޯ ލޯންޗް ކުރުމުގެ އިވެންޓްގެ ތެރެއިންނެވެ.
30 އަހަރުގެ ކީރްތީ އަކީ ވަރަށް ކާމިޔާބު ބަތަލާ އެކެވެ. އޭނާ ވަނީ ކާމިޔާބު އެތަށް ފިލްމް ތަކެއް ކުޅެފައިއެވެ. އަދި މިއަދު އޭނާ އަކީ ސައުތު ފިލްމް އިންޑަސްޓްރީގެ އެންމެ ނަން ހިނގާ އެއް ބަތަލާވެސް މެއެވެ.
މިމަހު ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވާ "މަމަންނާން" ލީޑުން ފެނިގެންދާނީ ކީރްތީ އާއި އެކުގައި އުދަޔަނިންދީ ސްޓާލިން އެވެ. އިތުރު ކާސްޓް އަށް ބަލާއިރުގައި ފަހަދް ފައިސަލް އަދި ވެދިވެދޫވެސް ހިމެނެއެވެ.

ސްރީ ގެ ކުއްލި މަރުގެ ހަބަރަކީ މުޅި ބޮލީވުޑް ހިލުވައިލި އަދި ގިނަ ބަޔަކަށް ސިހުންގެނުވި ހަބަރެކެވެ. ފެބްރުއަރީ 24، 2018 ގައި ބަތަލާ މަރުވެފައި އޮއްވާ ފެނުނީ ދުބާއީގެ ހޮޓަލުގެ ކޮޓަރިންނެވެ. މަރުވުމުގެ ސަބަބަކީ ހާޓް އެޓޭކެވެ. ސްރީދޭވީ އާއި އޭނާގެ އާއިލާ ދުބާއީއަށް ދިޔައީ އޭނާގެ ގާތްތިމާގެ މީހެއްގެ ކައިވެނީގައި ބައިވެރިވުމަށެވެޖޫން 2 އަކީ ސްރީދޭވީ އާއި ބޮނީ ކަޕޫރުގެ ކައިވެނީގެ 27 ވަނަ އަހަރީ ދުވަހެވެ.

ސްރީ އާއި ބޯނޭ ކައިވެނި ކުރީ 1996 ވަނަ ދުވަހުގައިއެވެ. އެކައިވެނިން އެދެމީހުންނަށް ވަނީ ދެ އަންހެން ކުދިން ލިބިފައިއެވެ. އެއީ މިހާރު ބޮލީވޫޑްގައި ފިޔަޖަހަމުން އަންނަ ތަރި ޖާންވި ކަޕޫރް އާއި ވަރަށް އަވަހަށް ބޮލީވޫޑް އަށް ތައާރަފް ވުމަށް ތައްޔާރު ވަމުން އަންނަ ހުޝީ ކަޕޫރްއެވެ.
ކޮމެންޓު ފޮނުވާ