ތޫ ޖޫޓީ މޭ މައްކާރް" މިމަހުގެ 25 ގައި ސޮނީ މެކްސް އަށް

ތޫ ޖޫޓީ މޭ މައްކާރް" މިމަހުގެ 25 ގައި ސޮނީ މެކްސް އަށް

Author
ފާތިމަތު ނާވީ
07 ޖޫން 2023 09:03
0

މި އަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހުގައި ރިލީޒް ކުރި ކާމިޔާބު ފިލްމު "ތޫ ޖޫޓީ މޭ މައްކާރް" މި މަހުގެ 25 ގައި ސޮނީ މެކްސް އިން ޕްރީމިއާކުރަން ނިންމައި، އޭގެ ޕްރޮމޯތަކެއް ވެސް ދައްކަން ފަށައިފި އެވެ.

ރަންބީރް ކަޕޫރާއި ޝްރަދާ ކަޕޫރް ލީޑް ރޯލު ކުޅުނު ރޮމޭންޓިކް ކޮމެޑީ އަކީ ބޮކްސް އޮފީހުގައިވެސް ކާމިޔާބު ފިލްމްއެކެވެ. މި ފިލްމް އަކީ ޝްރައްދާ އާއި ރަންބިރު އެކުގައި ފެނިގެންދިއަ ފުރަތަމަ ފިލްމްއެވެ.

ފިލްމަށާއި އަދި ދެތަރިންގެ ކެމިސްޓްރީއަށ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައިއެވެ. މި ފިލްމް އަކީ ބޮކްސް އޮފީހުގައި 220.1 ކްރޯޑް ރުޕީސް (27 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި އެއްޗެކެވެ. ފިލްމު ހެދީ 200 ކްރޯޑް (24.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

 

View this post on Instagram

 

A post shared by Sony MAX (@sonymax)

މި ފިލްމް އަކީ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ބޭބެ އަދި ކުރީގެ ބަތަލާ ސްރީދޭވީގެ ފިރިމީހާ ބޯނީ ކަޕޫރް އަލަށް ފެންނަ ފިލްމްއެވެ. އަދި މީގެ ކާސްޓުގައި ޑިމްޕަލް ކަޕާޑިއާ ވެސް ހިމެނެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.