ޖާހު އިންވެސްޓްމަންޓްސްގެ 'ދަ ގާޑަންސް' އެޕާޓްމަންޓްތަކުގެ މަސައްކަތް 30 ދުވަހުގެ ތެރޭގައި ނިންމަން އާބަންކޯއިން އެ ކުންފުންޏަށް އަންގައިފި އެވެ.
ޖާހް އިންވެސްޓްމަންޓްގެ ނަމުގައި "ދަ ގާޑަންސް" އެޕާޓްމަންޓްތައް އަޅަން ހަވާލުކުރީ 2017 ވަނަ އަހަރު އެވެ. މަސައްކަތް ނިންމަން އޭރު ދިނީ ދެ އަހަރުގެ މުއްދަތެކެވެ. ނަމަވެސް އެތަނުގެ މަސައްކަތް ކުރިއަށް ނުދާތާ 5 ވަނީ ވެފައެވެ. މެދު ފަންތީގެ ހައުސިން މި މަޝްރޫއު ނުނިމި ދިގުލައިގެން ދިއުމާ ގުޅިގެން އެތަނުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ އެތައް ބައެއްގެ ޝަކުވާތައް އާބަންކޯއަށް އަދި ސަރުކާރުގެ ކަމާ ގުޅޭ އެތައް އިދާރާއަކަށް ހުށަހަޅާފައިވެ އެވެ.
ޖާހްގެ މައްސަލައިގައި އާބަންކޯ އިން މިއަދު މީޑިއާއަށް ފޮނުވި ބަޔާނެއްގައި ބުނެފައިވަނީ ޖާހްގެ މައްސަލަ އިތުރަށް ބެލުމަށްފަހު ޖާހު އިންވެސްޓްމަންޓަށް މަސައްކަތް ނިންމުމަށާއި، އާބަންކޯއަށް ދައްކަން ޖެހޭ ބިމުގެ އަގު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދީ ނޯޓިސް ވެސް ދީފައިވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ