ތިމާވެށީގެ ދުވަހާއި ގުޅުވައިގެން "ދުނިޔެ މަގޭ" ގެ ނަމުގައި އާރބަންކޯއިން ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް

ތިމާވެށީގެ ދުވަހާއި ގުޅުވައިގެން "ދުނިޔެ މަގޭ" ގެ ނަމުގައި އާރބަންކޯއިން ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް

ގުޅުންހުރި

ތިމާވެށީގެ ދުވަހާއި ގުޅުވައިގެން އާރބަންކޯގެ "ދުނިޔެ މަގޭ" ކެމްޕޭން ދަށުން ހުޅުމާލެ ސާފުކުމުގެ ބޮޑު ހަރަކާތެއް ބޭއްވުމަށް އަރބަންކޯ އިން ނިންމައިފިއެވެ.

އަރބަންކޯއިން ހާމަކޮށްފައިވާ ގޮތުގައި ޖޫން މަހުގެ 5 ވަނަ ދުވަސް ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވާހާއި ގުޅިގެން އަރބަންކޯއިން ހުޅުމާލޭ ސާފުކުރުމުގެ ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 10 ވާ ހޮނިހިރު ދުވަހު ހެނދުނު 7:30 ގައި ޗެނަލް ޕާކު ބީޗް ސަރަހައްދުން ކަމަށް އަރބަންކޯއިން ބުނެފައިވެއެެވެ.

"އެ ސަރަހައްދުން ފެށިގެން ހުޅުމާލޭގެ ޖުމްލަ 7 ސަރަހައްދެއް މި އިވެންޓްގައި ސާފުކުރުމަށް ވަނީ ހަމަޖެހިފައި. އެއީ ފޭސް 1 އަދި ފޭސް 2 ގައި މީހުން ދިރިއުޅޭ ސަރަހައްދުތައް. މި ސަރަހައްދުތައް ސާފުކުރާނީ ވަކި ވަކި ޓީމުތަކަށް ބަހާލައިގެން. 10:45 ގައި ސާފުކުރުމުގެ އިވެންޓް ނިންމާލަން ހަމަޖެހިފައިވާއިރު، ހަރަކާތް ނިންމާލުން އޮތީ ވޯޓަރ ސްޕޯޓްސް އެކްޓިވިޓީއާ އެކުގައި" އަރބަންކޯއިން ބުނެފައިވެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ބާއްވާ މި ހަރަކާތަކީ އަރބަންކޯއިން ވަރަށް ބޮޑު ހަރަކާތެއްގެ ގޮތުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން މި ހަރަކާތުގައި މާލެ ސަރަހައްދުގެ ސްކޫލްތަކާއި، ސަރުކާރު ކުންފުނިތައް އަދި މިނިސްޓްރީތަކުން ވެސް ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް އަރބަންކޯއިން ބުނެއެެެވެ.

ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުން އަރބަންކޯއިން ތައާރަފްކޮށްފައިވާ ދުނިޔެ މަގޭ ކެމްޕޭނަކީ ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ތިމާވެށި ރައްކާތެރި ކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ތައާރަފްކޮށްފައިވާ ކެމްޕޭނެއް ކަމަށް އަރބަންކޯއިން ބުންޏެވެ.

މި ކެމްޕޭންގެ ދަށުން ގިނަ ކަންތައްތަކެއް މުޅި އަހަރަށް ބަހާލައިގެން ރޭވިފައިވާކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. އެކުންފުނިން ބުނީ ހުޅުމާލެ އަކީ ތިމާވެއްޓާއި ރައްޓެހި ސްމާޓް ސިޓީއަކަށް ހެދުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރު ފުރިހަމަ ކަމެއް މި ކެމްޕޭންގެ ދަށުން ލިބިގެންދާނެ ކަމަށެވެ.

އަދި މި ކެމްޕޭންގެ ދަށުން ހުޅުމާލެ އާއި އެ ކޯޕަރޭޝަންގެ ބިޔޯންޑް ހުޅުމާލޭގެ ދަށުން ތިމާވެއްޓަށް ގެއްލުން ހުރި ކަންކަން ދެނެގަނެ ރައްކާތެރި މާހައުލެއް ޤާއިމުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އަރބަންކޯއިން ބުނެއެެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ