މުޅި ދުނިޔޭގައި ވެސް ހުރި އެންމެ ކަންޖޫސް މީހާ އަކީ އޭނާ ކަމަށް ސާރާ އަލީ ހާން ބުނެފައިއެވެ. ސާރާ ނިސްބަތް ވަނީ އިންޑިއާގެ ޕަތައުޑި އާއިލާ އަށެވެ.
ސާރާގެ ބައްޕަ އަކީ މަޝްހޫރު އެކްޓަރު ސައިފް އަލީ ހާންއެވެ. އަދި މަންމަ އަކީ ކުރީގެ ބަތަލާ އަމްރިތާ ސިންގް އެވެ. މާމަ އަކީ ބަތަލާ ޝަރްމިލާ ޓެގޯރްއެވެ. އަދި ސާރާގެ ދޮން މަންމަ އަކީ ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު ތަރިންގެ ތެރޭގައި ހިމެނޭ އެއް ބަތަލާ ކަރީނާ ކަޕުރުއެވެ.
ސާރާގެ ވަނި މިފަހުން ކަޕިލް ޝަރުމާ ޝޯވ ގައި ބައިވެރި ވެފައިއެވެ. މި ޝޯވ ގައި ވާހަކަ ދައްކަމުން ސާރާ ބުނީ އޭނާ އަކީ މުޅި ދުނިޔެ އިންވެސް އެންމެ ކަންޖޫސް މީހާ ކަމަށެވެ.
މިވާހަކަ ދެކެވުނީ ވިކީގެ ގޭގައި އަގުބޮޑު ބާއެއް ހަދަން އޭނާގެ އަންހެނުން ބަތަލާ ކެޓްރީނާ ކައިފް ބޭނުންވެގެން އުޅޭ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަ ތަކާއި ގުޅިގެންނެވެ. އެވާހަކަ ތަކާއި ގުޅިގެން ކަޕިލް ބުނީ ސާރާ އަކި މުއްސައްޖެއް ކަމަށާއި ބަލާ ބެލުމަށް ވެސް މުއްސަދި ވައްތަު ޖަހާ ކަމަށެވެ.
އެެހެންވެ މިޑްލް ކްލާސް ގޭގޭގެ ހާލަތު ނޭގެނެ ކަމަށް ބުނެ ބައެއް މިސާލު ތަށް ވަނީ ދައްކައިފައިއެވެ. މިވާހަކަ ތަކަށް ރައްދު ދެމުން ސާރާ ބުނި ކަޕިލް އަށް އޭނާ ނޭގޭ ކަމަށެވެ. ވިކީގެ ގޭގައި ބާއެއް ހަދާވާކަ ދައްކާ އިރުގައި އޭނާ މިއުޅެނީ ކާރެއް ގަންނަން ކިޔާތާ 3 އަހަރު ވި އިރުވެސް ނުގަނެވިގެންނެވެ.
މިވާހަކަ ތަކާއި ގުޅުވައިގެން ވިކީވެސް ވަނި ސާރާ އަކި އެފަދަ މީހެއް ކަމަށް ބުނެފައިއެވެ. އަދި އެމީީހުންގެ ފިލްމްގެ ސެޓުގެ ވާހަކައެއް ވެސް ވިކީ ހިއްސާ ކުރިއެވެ.
"އެއްދުވަހު ފިލްމް ސެޓަށް ސާރާގެ މަންމަ އައިސްގެން އުޅުނީ. ދެން މިދެމީހުންގެ މެދުގައި އެބަ ކުޑަ ޒުވާބެއް ހިނގާ. އަހަން ނާހަން ހުރެފަ އަހަރެން އެހީ ކިހިނެއްހޭ ވީ. ސާރާ ވަރަށް ރުޅިއައިއްސަ ބުނީ މަންމަ 1600 ދީފަ ތުވާއްޔެއް ގަތިއޯ"
ހެމުން ހެމުން މިވާކަ ހިއްސާ ކުރުމުން ސާރާ ބުނީ އެހާ އަގުބޮޑު ތުވާލީ ބޭނުން ކުރާނީ ކާކުތޯއެވެ. އަދި ވެނެޓީ ވޭނުގައި ކޮންމެ ދުވަހުކުވެސް 3 ނުވަތަ 4 ތުވާލީ ހުންނަ ކަމަށާއި އޭގެން ބޭނުން ކުރުމުން އެވީ ކަމަށް ބުނެފައި ވެއެވެ.
ވިކީ އައި ސާރާ އެކުގައި ކުޅުނު ފިލްމް "ޒަރަ ހަޓުކާ ޒަރަ ބަޗްކޭ" ވަނީ މިމަހުގެ 2 ވަނަ ދުވަހުގައި ރިލީޒް ކޮށްފައިއެވެ. މި ފިލްމް އަށް ލިބެމުން އަންނަ ތަރުހީބް ރަގަނޅު ކަމަށް ރިޕޯޓްތަށް ބުނެއެވެ.