ރުޅި އަޔަސް އަޑު ގަދަކޮން ވާހަކަ ދައްކަން ފިރިމީހާ ހިތްހަމަ ނުޖެހޭ: އާލިއާ

ރުޅި އަޔަސް އަޑު ގަދަކޮން ވާހަކަ ދައްކަން ފިރިމީހާ ހިތްހަމަ ނުޖެހޭ: އާލިއާ

Author
ފާތިމަތު ނާވީ
07 ޖޫން 2023 08:27
0

ބޮލިވުޑްގެ މަޝްހޫރު ދެ ތަރިން ކަމުގައިވާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު ކައިވެނި ކުރީ މިދިއަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގައިއެވެ. އެކަައިވެނިން އެމީހުން ނަށް މިހާރު ވަނީ ދަރިއަކުވެސް ލިބިފައިއެވެ.

އެމީހުންގެ އަލަތު ދަރިފުޅު ރަހާ ލިބިފައިވަނީ ކައިވެންޏަށް މަދު ދުވަސްކޮޅެއްގެ ތެރޭގައިއެވެ. އެހެން ކަމުން ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެމީހުން ކައިވެނި ކުރުމުގެ ކުރިން އާލިއާ އިނީ ބަލިވެއެވެ.

އާލިއާ އަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ޑިމާންޑް ބޮޑު އެއް ބަތަލާއެވެ. އޭނާ އަށް ގިނަ ފިލްމް ތަކެއް ލިބެމުން އަންނަ އިރުގައި ރިލީޒް ކުރުމުގެ މަގުމަތީގައިވެސް ފިލްމް ތަކެއް އެބަހުއްޓެވެ.

 

މިފަހުން އާލިއާ ވަނީ އޭނާގެ ދިރިއުޅުމުގެ ބައެއް ކަންކަން ހިއްސާ ކޮށްފައިއެވެ. މީޑިއާ އާއި ރައްޓެހި ބަތަލާ އެއްގެ ގޮތުގައި ފާހަގަ ކުރެވޭ އާލިއާ ބުނެފައިވަނީ ރުޅި އައި ނަމަވެސް އަޑު ގަދަވުމުން އޭނާ ގެ ފިރިމީހާ ހިތްހަމަ ނުޖެހޭ ކަމަށެވެ.

އެހެން ކަމުން އޭނާ ރުޅި ކޮންޓްރޯލް ކުރުމަށް ވަރަށް މަސައްކަތް ކުރާ ކަމަށް ބުނެފައިއެވެ. އަދި ހިތް ހަމަ ނުޖެހުން ނަމަވެސް އެހެން މީހުންނަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށް އޭނާގެ ފިރިމީހާ ރަންބީރު ބުނެފައި ވާކަމަށް އާލިއާ ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

އާލިއާ އާއި ރަންބީރު ވެގެން ގޮސްފައިވަނީ ބޮލިވުޑްގެ ކަޕުލް ގޯލް ކަމުގައިއެވެ. ވަރަށް ލޯބި ދެމަފިރިންގެ ގޮތުގައި ފާހަގަ ކުރެވޭ މި ދެތަރިންވެސް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިއަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމް "ބްމަސްތުރާ: ޕާޓް ވަން ޝިވާ" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.