ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގައި އިއްޔެ މަޖިލީހުގައި ކުރިއަށްދިޔަ ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލާއިގައި ތަޅުމުގައި ކަންކަން ހިނގައިދިޔަ ގޮތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އިންޒާރުދީ، ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.
ޗާގޯސް މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ބަންޑާރަ ނައިބު ރިފްއަތުވަނީ އިއްޔެ މަޖިލީހަށް ވަޑައިގެން ޖަވާބުދާރީވެ ވަޑައިގެންފައެވެ. މައްސަލަ ކުރިއަށް ގެންދިއުމަށް އިދިކޮޅު މެމްބަރުން ވަނީ އިހުތިޖާޖުކުރައްވައި، ނިޒާމީ ނުކުތާ ނަންގަވައި އެކި ސުވާލުތަކާއި ނުރުހުން ބަންޑާރަ ނައިބަށް އަމާޒު ކުރައްވާފައެވެ.
ދެފަހަރެއްގެ މަތީން ޖަލްސާވެސް މެދުކަނޑާލައި މަޝްވަރާތަކަށްފަހު މިމައްސަލަ ކުރިއަށް ގެންދިއުމަށް ކުރެވުނު މަސައްކަތުން ބަންޑާރަ ނައިބް ވަނީ މިމައްސަލާގައި ޖަވާބުދާރީވެ ވަޑައިގެންފައެވެ. މިމައްސަލާގައި މަޖިލިސް ރައީސް ރިޔާސަތުން ފައިބައިން އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމާއި މަޝްވަރާ ކުރެއްވުމަށް ވަޑައިގެންނެވި ވަގުތު މުޢުނީ ވަނީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި، ރައީސް ނަޝީދާއި ދިމާލަށް ވަޑައިގެން އިންޒާރުދީ ބަހުގެ ހަމަލާތައް ބަދަލުކޮށްފައެވެ.
މުޢުނީގެ އިންޒާތުތަކާއި ގުޅިގެން އަސްލަމް ވަނީ އޭނާ ހަމަޖެހުމަށް އަތުން އިޝާރާތް ކުރައްވާފައެވެ. އަދި މުޢުނީއާއި ނަޝީދުގެ މެދަށް އަސްލަމް ވަނީ ވެންނެވުމަށްފަހު މަޖިލިސް ރައީސް ނަޝީދާއިއެކު ރިޔާސަތާއި ވީކޮޅަށް ހިނގާގަނެފައެވެ.
މުގުނީ ވަރަށް ނާތަހުޒީބު ރާގަކަށް، ނާތަހުޒީބު ފާޑަކަށް، ނާތަހުޒީބު ބަހުރުވައަކުން، ނާތަހުޒީބު ޕޮސްޗާ އަކަށް ހުރެ، ނާތަހުޒީބު ގޮތަކަަށް ބަލަމުން، ނާތަހުޒީބުގޮތަކަށް ފަހަތުން އަންނަމުން، ނާތަހުޒީބުގޮތަކަށް އަތްހޫރުވާ ވީޑިޔޯއެއް. ތިނަދޫ މީހުން ތިބީ ލަދުން.
— Hassan Kurusee (@HKurusee) June 5, 2023
އިއްޔެގެ ޖަލްސާގައި ކަންކަން ހިނގާދިޔާ ގޮތުން މަޖިލީހުގެ ބައެއް މެމްބަރުން ވަނީ މަޖިލީހުގެ ރައީސަށް އިތުބާރު ނެތްކަމަށް ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ ފުރިހަމަ އިތުބާރު އެމަނިކުފާނަށް އެބަ އޮތް ކަމަށެވެ. އެހެން ވިދާޅުވުމުން އެމަނިކުފާނަށް ރައްދު ދެއްވައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ އެމަނިކުފާނަށް މިހާރު ތާއީދު ނުކުރައްވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އީސަ އެގޮތުގައި ހުންނަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެކަމާ ދާއިރާގެ ރައްޔިތުންނާ މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ދެކެވަޑައިގަންނަވާ ކަމަށެވެ.