އުރްފީ ފެނުނީ ސައިފަތް ޕެކެޓްއިން ހެދުމެއް ލައިގެން ހުއްޓައި

އުރްފީ ފެނުނީ ސައިފަތް ޕެކެޓްއިން ހެދުމެއް ލައިގެން ހުއްޓައި

Author
ފާތިމަތު ނާވީ
05 ޖޫން 2023 06:09
0

ނިވާކަން ކުޑަކޮށް ހެދުން އެޅުމަށް މަޝްހޫރު އުރްފީ ޖާވެދް އަނެއްކައިވެސް ތަފާތު ގޮތަކަށް ހެދުން އަޅައިގެން ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދައިފައިއެވެ.

އޭނާ އަންނަނީ ތަފާޓު ވައްތަރުގެ ސާމާނު ބޭނުން ކޮށްގެން ހެދުން ތައްޔާރުކޮށް އެލައިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. އެގޮތުން ފޯނަށް ލައްވާ ސިމް އާއި ގަހެއްގެ ތޮށި ގަނޑާއި މަސް ހިފުމަށް ބޭނުން ކުރާ ދާގަނޑަކުން ހެދުމެއް ހަދައިގެންވެސް އޭނާ ވަނީ އާންމުންގެ ސާމާލު ކަން ހޯދައިފައިއެވެ.

އުރްފީގެ ތަފާތު ހެދުން ޗެޕްޓާއަށް މިފަހަރު އަރައިފައި މިވަނީ އޭނާ ސައިފަތް ޕެކެޓްތަކަކުން ތައްޔާރު ކުރި ހެދުމެކެވެ. އެނާ ވަނީ އެހެދުން ލައިގެން މޮޑެލް ވެސް ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Uorfi (@urf7i)

އާންމު ދިރިއުޅުމުގައިވެސް ވަރަށް ނިވާކަން ކުޑަ ހެދުން އަޅާ އުރްފީ މަޝްހޫރު ވެފައި ވަނީވެސް ހެދުން ނުލައި އުޅޭ މީހެއްގެ ގޮތުގައިއެވެ. އުރްފީ ބުނާ ގޮތުގައި އޭނާ ހެދުން އަޅާމިންގަޑަކީ ގާނޫން ހުއްދަ ކުރާ މިންގަޑު ކަމަށެވެ. އަދި  އޭނާ ހެދުން ނުލަނީ އެލާޖިކްވާތީއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.