2012 ވަނަ އަހަރުގެ ފެބުރުއަރީ 7 ވަނަ ދުވަހު އޭރުގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުގައި ހިނގައިދިޔަ ކަންކަމަކީ ރައީސް ނަޝީދު އަޑީގައި ހުންނަވައިގެން އޭރުގެ އިދިކޮޅު ފަރާތްތަކާއި ގުޅިގެން ހިންގި ބަޢާވާތެއްކަމަށް އެމްޑީޕީގެ އޭރުގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވީ ޕީޕީއެމުން އިސްވެ އޮވެ ބާއްވާ ޖަލްސާއެއްގައި ފުރަތަމަ ފަހަރަށް އެމްޑީޕީގެ ރައީސްގެ މަގާމުގައި މިވަގުތާ ހަމައަށް ވެސް ހުންނެވި ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ބައިވެރިވޔުމާއި ގުޅިގެން ކުރެއްވި ޓުވީޓުގައެވެ. މިޖަލްސާއި ރައީސް ވަހީދާއި، އުމަރު ނަސީރާއި، ކާނަލް ނާޒިމްވެސް ބައިވެރިވިއެވެ.
މޫސަ ވިދާޅުވީ ރޭގެ ޖަލްސާއިން ހާމަވެގެން ދިޔަ ކަމަކީ ރައީސް ނަޝީދު 7 ފެބުރުއަރީގައި ރައްޔިތުންނަށް ދިނީ ބޮޑު އަނިޔާއެއް ކަމެވެ. އޭރުގެ އިދިކޮޅު ފަރާތްތަކާއި ގުޅިގެން ނަޝީދު ހިންގި އަމަލުތަކަކީ ސީދާ ރައްޔިތުންނަށް އަނިޔާދީ ނަޝީދު އަޑީގައި ހުންނަވައިގެން ހިނގި ބަޣާވާތެއްކަމަށް މޫސަ ވިދާޅުވިއެވެ.
7 ފެބްރުއަރީގެ ބަޣާވާތަކީ ވެރިކަންކުރަން ނޭނގިގެން ނަޝީދުގެ ފިކުރު ފެކަޝަނުން ރާވައިގެން MDP ގެ ޢާއްމު މެމްބަރުންނަށް ވަގަށް، އުމަރު، ވަހީދު، ނާޒިމް މެންނާގުޅިގެން ނަޝީދު ކުރުވިކަމެއްކަން ރޭގަ މިއެނގުނީ އެވަރުގެ އަނިޔާއެއް އެތައްބަޔަކަށް ނުދީ އިސްތިއުފާ ދިންނަމަ ބާޣީ ނަޝީދު.
– މޫސަ ވިދާޅުވިއެވެ.
7 ފެބްރުއަރީގެ ބަޣާވާތަކީ ވެރިކަންކުރަންނޭނގިގެން ނަޝީދުގެފިކުރުފެކަޝަނުން ރާވައގެން MDPގެޢައްމުމެމްބަރުންނަށްވަގަށް، އުމަރު،ވަހީދު،ނާޒިމް މެންނާގުޅިގެން ނަޝީދު ކުރުވިކަމެއްކަން ރޭގަ މިއެނގުނީ އެވަރުގެއަނިޔާއެއް އެތައްބަޔަކަށްނުދީ އިސްތިއުފާދިންނަމަ ބޣީ ނަޝީދު pic.twitter.com/bLbijLQGkB
— Moosa Maniku (Reeko) (@ReekoMoosa) June 3, 2023
ކުރީގެ ރައީސް ނަޝީދު 2008 ގައި ވެރިކަމާއި ހަވާލުވެ ވަޑައިގެން ހުންނަވަނިކޮށް 2012 7 ފެބުރުއަރީގައި ހިނގައިދިއަ ހާދިސާގެ ތެރެއިން އެމަނިކުފާނު ވަނީ އިސްތިއުފާދެއްވާފައެވެ. އަދި އެމްޑީޕީން ދަނީ އެއީ އޭރުގެ އިދިކޮޅު ފަރާތްތަކުން ހިންގި "ބަޣާވާތެއް" ކަމަށް ބުނެފައެވެ. ނަމަވެސް އެ މައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދައި ތަހުގީގެއް ހިންގުމަށްފަހު ނިންމާފައި ވަނީ އެ ހާދިސާ އަކީ ބަޣާވާތެއްނޫން ކަމަށެވެ.
ނަޝީދުގެ ވެރިކަން ވައްޓާލީ ބަޣާވާތަކުންތޯ ބެލުމަށްް ކޮމަންވެލްތު އިން ކަނޑައެޅި ބޭފުޅަކު ހިމެނިގެން ރައީސް އުފެއްދި ރިޔާސީ ކޮމިޝަނަކުން ތަޙްޤީޤު ކުރިއެވެ. އެކޮމިޝަނުން ނިންމީ ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ކަމަށާއި އެއީ ބަޣާވާތެއް ނޫން ކަމަށެވެ.