ނިޔާވި ދިވެހި މީހާ ދުއްވަމުން ދިޔަ ސައިކަލް އެކްސިޑެންޓްވީ މަޑުކޮށްފައި އޮތް ފުލުހުންގެ ޕިކަޕްގައި ޖެހިގެން!

ނިޔާވި ދިވެހި މީހާ ދުއްވަމުން ދިޔަ ސައިކަލް އެކްސިޑެންޓްވީ މަޑުކޮށްފައި އޮތް ފުލުހުންގެ ޕިކަޕްގައި ޖެހިގެން!

Author
ހުސެއިން
29 މެއި 2023 06:32
0

މިމަހުގެ 27 ވަނަ ދުވަހުގެ މެންދަމު 12:04 އެހައިކަންހާއިރު ހަލިމަގުގައި ސައިކަލެއް ޕިކަޕެއްގައި ޖެހި ހިނގި އެކްސިޑެންޓް ހިނގާފައިވަނީ، ހަލިމަގު، މާލެއިން ހުޅުމާލެއަށް ދާ ފަޅި، ހަތަރު ފުރޮޅުލީ އުޅަނދު ދުއްވާ ލޭނުގައި މަގަށް ދަތިވާގޮތަށް ކާރެއް ހުއްޓިފައި އޮތުމުން، ދުއްވާ އެހެން ވެހިކަލްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެކާރު ނެގުމަށް ފުލުހުންގެ ޕިކަޕެއް މަޑުކޮށްގެން އޮއްވައި، އެކްސިޑެންޓްވި ސައިކަލު ބާރު ސްޕީޑްގައި ދުއްވާފައި އައިސް އެ ޕިކަޕުގެ ފަހަތުގައި ޖެހިގެންން ކަމުގައި ފުލުހުން ބުނެފިއެވެ.

މި އެކްސިޑެންޓް ހިނގާފައިވާ ގޮތުގެ ތަފްސީލް ހާމަކޮށްދެއްވަމުން ފުލުހުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، އެ ސައިކަލު ދުއްވާފައިވަނީ ހަތަރު ފުރޮޅުލީ އުޅަނދު ދުއްވާ ލޭނުންކަން ފާހަގަކުރާ ކަމުގައެވެ.

ހުއްޓިފައި އޮތް ކާރު ނެގުމަށް ޕިކަޕު މަޑުކޮށްގެން އޮތީ ވެހިކަލް މަޑުކޮށްފައިއޮތްކަން އަންގައިދޭ ހަތަރު ސިގުނަލް ޖައްސައިގެންނެވެ. ފުލުހުން ނެގި ކާރަކީ ހުކުރު ދުވަހުގެ ރޭ 20:07 އެހައިކަންހާއިރު ހުއްޓިގެން އެތާނގައި ބާއްވާފައިއޮތް ކާރެކެވެ.

ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމުގައި ވިދާޅުވެފައި ވެއެވެ.

އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް އުޅަނދު ނުދުއްވުމަށާއި މަގުމަތީގައި ބަހައްޓާފައިވާ ޓްރެފިކް ނިޝާންތަކާ އެއްގޮތަށް އުޅަނދު ދުއްވުމަށް އިލްތިމާސްކުރާ ކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންވިއިރު ސައިކަލުގައި އިން 43 އަހަރުގެ ދިވެހި ފިރިހެންމީހާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.