ނާޒިމްގެ ކެމްޕޭން މެނޭޖަރަކަށް އެފްއޭ

ނާޒިމްގެ ކެމްޕޭން މެނޭޖަރަކަށް އެފްއޭ

Author
އަޒްފާ ރަޝީދު
28 މެއި 2023 07:33
0

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ ކެމްޕެއިން މެނޭޖަރު ކަމަށް މުޙައްމަދު ފަޔާޒް (އެފްއޭ) ހަމަޖައްސައިފި އެވެ.

ފަޔާޒަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ނާޒިމް އެވެ.

މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނާޒިމަށް ވަނީ އެމްއެންޕީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލުކޮށްފަ އެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ފުރުސަތު ހުޅުވާލުމުން ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހެޅުއްވީ ނާޒިމް އެކަންޏެވެ.

އެމްއެންޕީން އަންނަނީ ރިޔާސީ އިންތިހާބަށް މެނިފެސްޓޯ އެކުލަވައިލުމުގެ މަސައްކަތާއި ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ޓިކެޓުގައި ނާޒިމް ވާދަކުރައްވާއިރު އެމްޑީޕީގެ ޓިކެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ޤާސިމް އިބްރާހިމް ވާދަކުރައްވަ އެވެ. އަދި އިދިކޮޅު ޕީޕީއެމުން ބުނަމުން އަންނަނީ އެ ޕާޓީގެ ޓިކެޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމީނަށް ޖަލު ހުުކުމެއް އިއްވާފައި އޮތުމުން އިންތިހާބުގައި ވާދަނުކުރެވޭނެކަމަށް ގިނަ ފަރާތްތަކަކުން ދެކެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.