އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް 60،000 ރުފިޔާގެ މާލީ އެހީ ފޯރުކޮށްދިނުމުގެ މުއްދަތު އިތުރުކޮށްފި

އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް 60،000 ރުފިޔާގެ މާލީ އެހީ ފޯރުކޮށްދިނުމުގެ މުއްދަތު އިތުރުކޮށްފި

ގުޅުންހުރި

އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް 60،000 ރުފިޔާއާއި ހަމައަށް މާލީ އެހީ ފޯރުކޮށްދިނުމުގެ ޕްރޮގްރާމަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިކޮނޮމިކް މިނިސްޓްރީން އިތުރުކޮށްފި އެވެ.

މި ޕްރޮގްރާމަށް ކުރިމަތިލުމުގެ މުއްދަތު ކުރިން އޮތީ މި މަހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ. ނަމަވެސް އެ މުއްދަތު މިހާރު ވަނީ އަންނަ ޖޫން މަހުގެ 30 ގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި ޕްރޮގްރާމުގެ މަޤްސަދަކީ އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން 500 ފަރާތަކަށް މި ޕްރޮގްރާމުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރެއިން 40 އިންސައްތަ ޖާގަ އަންހެނުންނަށް ހާއްސަކުރެވިފައިވެ އެވެ. މިގޮތުން ޖުމްލަ 7 ދާއިރާއަކުން އެހީ ދިނުމަށް ވަނީ ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ ވޯލްޑް ބޭންކުގެ އެހީގައި ކޯވިޑުގެ ހާލަތުގައި ކުރަމުންދިޔަ މަސައްކަތަށް ދަތިވި ފަރާތްތަކަށް އެހީ ތެރިވުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ޕްރޮގްރާމުގައި އެހީ ދޭ ދާއިރާތަށް

1. އަތްތެރި މަސައްކަތް
2. ބިއުޓީ އަދި މޭކަޕް ކުރުން
3. ފޮޓޯ ގްރަފީ އަދި ވީޑިއޯ ގްރަފީ
4. ފެހުން އަދި ޓެކްސްޓައިލް މަސައްކަތް
5. އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
6. ކްރީއޭޓިވް އާޓްސް އަދި މިއުޒިކް
7. ކުޅިވަރު އަދި ފިޓްނެސް
8. ފަރުމަސްވެރިކަން
9. އިލެކްޓްރިކަލް ވަޔަރިން އަދި މެއިންޓެނަންސް
10. ވެލްޑިން އަދި ކާޕެންޓްރީގެ މަސައްކަތް

މި ދާއިރާތަކުން ބައިވެރިންނަށް ފައިސާ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އެގޮތުން ކޮންމެ ބައިވެރިއަކަށް 60،000ރ. އާއި ހަމައަށް ފައިސާގެ އެހީ ފޯރުކޮށްދޭއިރު، މި ފައިސާ އަކީ ވިޔަފާރިއަށް ހަރުމުދާ ގަތުމަށް އަދި ބޭނުންވާ ސްޓޮކް ގަތުމަށް ދޭ ލާރި އެވެ.

ޕްރޮގްރާމުގައި 18 އަހަރާއި 65 އަހަރާއި ދެމެދު ދިވެހި ފައިސާ އެކައުންޓެއް ގެންގުޅޭ ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭނެ އެވެ. މީގެ އިތުރުން ވޭތުވެ ދިޔަ 4 ހަފްތާގައި ވަޒީފާއެއް ނުވަތަ 20 ގަޑިއިރަށް ވުރެ ގިނައިރު ހޭދަވާ ވަޒީފައެއް އަދާ ކޮށްފައިވާ މީހަކަށް ވެގެން ނުވާނެއެވެ. އަދި މިދިޔަ އަހަރު ސެޕްޓެމްބަރު 2022 އާއި ހަމައަށް ވޭތުވެދިޔަ އެއް އަހަރު ތެރޭ އަމިއްލަ މަސައްކަތުން ފައިސާ ހޯދައިގެން މަސައްކަތް ކުރާ ފަރާތްތަކަށް ވާން ޖެހެ އެވެ. ޕްރޮގްރާމުގައި އެހީ ލިބޭނީ ޕްރޮގްރާމުގެ ވޯކްޝޮޕް ތަމްރީން ފުރިހަމަކޮށްގެންނެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ޕްރޮގްރާމާއި ގުޅޭ ހުރިހާ މައުލޫމާތެއް ޖޮބް ސެންޓަރ ވެބްސައިޓުން ލިބޭނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ