މިއަހަރުގެ ނިޔަލަށް މަސް ފިނިކުރާ ނިޒާމު ލޯނުގެ ދެވަނަ ބުރަށް ހުޅުވާލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި މަސް ދޯނި ފަހަރުގައި ސޯލާ އަދި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމް ކުރުމަށް ދެވަނަ ފިޔަވަހީގެ ދަށުން ފުރުސަތު ހުޅުވާލާފައި މިވަނީ ފުރަތަމަ ފިޔަވަހީގައި ލިބުނު އެޕްލިކޭޝަންތަކަށް އެވޯޑު ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާތީ ކަމަށެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާ ދޯނިތަކަކީ ދިވެހިރާއްޖޭގައި މަސްވެރިކަން ކުރުމަށް ރަޖިސްޓްރީވެފައިވާ ދޯނިތަކަށްވާން ޖެހެެއެވެ. މީގެ އިތުރުން، 50 ފޫޓު ދިގުމިނުގައި ހުރެ، 15 ޓަނުގެ މަސް ރައްކާކުރެވެން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު އެއް ބޭނުމަކީ، ސަރުކާރުގެ ނޫ އިގްތިސާދުގެ ސިޔާސަތުގެ ދަށުން، މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ދެމެހެއްޓުމުގެ އިންތިޒާމު ފަހިކޮށްދިނުމެވެ.
މި ލޯނަށް އެޕްލައިކުރުމުގެ ސުންގަޑިއަކީ 2023 ގެ ނިޔަލަށެވެ.