ފެމިލީ ކޯޓްގެ ގާޒީކަމަށް 25 ބޭފުޅަކު ކުރިމަތިލައިފި

ފެމިލީ ކޯޓްގެ ގާޒީކަމަށް 25 ބޭފުޅަކު ކުރިމަތިލައިފި

Author
މުޙައްމަދު ޝަޒައިމް
23 މެއި 2023 08:25
0

ފެމިލީ ކޯޓްގެ ގާޒީކަމަށް ކުރިމަތި ލުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ބޭފުޅުން ކުރިމަތި ލައްވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން އާއްމުކުރި މައުލޫމާތުން އެނގޭގޮތުގައި ފެމިލީ ކޯޓްގެ ގާޒީކަމަށް ކުރިމަތިލުމަށް މިމަހުގެ 9 ވަނަ ދުވަހު ހުޅުވާލި ފުރުސަތު އިއްޔެ ހަމަވިއިރު 25 ބޭފުޅަކުވަނީ ކުރިމަތިލައްވާފައެވެ.

އޭގެތެރޭގައި ހިމެނެނީ 14 އަންހެން ބޭފުޅަކާއި 11 ފިރިހެން ބޭފުޅެކެވެ. ފެމިލީ ކޯޓްގެ ގާޒީކަމަށް 25 ބޭފުޅަކު ކުރިމަތި ލެއްވިއިރު، 9 މެއިގެ އިއުލާނުގައި ވާގޮތުން އެކޯޓަށް ހޯދަނީ އެންމެ ގާޒީ އެކެވެ.

ފެމިލީ ކޯޓުގެ ޤާޟީންނަށް މުސާރައާއި އިނާޔަތްތަކާއެކު މަހަކު 46،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.