ހުޅުމާލެ ބީޗުން ވޯޓާ ސްޕޯޓްސް އަށް ދޫކުރި ބިމުގެ ޖާގަ އާރބަންކޯއިން އިތުރުކޮށްދީފި

ހުޅުމާލެ ބީޗުން ވޯޓާ ސްޕޯޓްސް އަށް ދޫކުރި ބިމުގެ ޖާގަ އާރބަންކޯއިން އިތުރުކޮށްދީފި

Author
އަޒްފާ ރަޝީދު
17 މެއި 2023 05:41
0

ހުޅުމާލޭގައި މޫދުކުޅިވަރުތައް ބާއްވަން ދޫކޮށްފައިވާ ސަރަހައްދުތަކުގެ ޖާގަ އާބަންކޯ އިން އިތުރުކޮށްދީފި އެވެ.

ވޯޓާ ސްޕޯޓްސްގެ ބޭނުމަށް ހުޅުމާލެ ފޭސް 1 ގެ އިރުމައްޗާއި ހުޅަނގު ފަރާތުން 12 ބިމެއް ދޫކޮށްފައިވެއެވެ.

އާބަންކޯ އިން މަޢުލޫމާތުދޭ ގޮތުގައި މޫދު ކުޅިވަރުތައް ބާއްވަން އެ ކުންފުނިން ހުއްދަ ދީފައިވާ ސަރަހައްދަކުން 20 ފޫޓު މިހާރު އިތުރުކޮށްދީފައިވާ ކަމަށެވެ.

އެ ޖާގަ އިތުރުކޮށްދިނީ އެ ސަރަހައްދުތަކުން އާންމުންނަށް ދޭ ހިދުމަތްތައް އިތުރު ކޮށްދިނުމުގެ މަގްސަދުގައި ކަމަށް އެކުންފުނިން ބުންޏެވެ.

އޭގެ ތެރޭގައި އެ ސަރަހައްދަށްދާ މީހުންނަށް ވެސް ބޭނުން ކުރެވޭނެ އާންމު ފާހަނާތަކާއި އައުޓްޑޯ ޝަވަރެއް ގާއިމްކުރަން ޖެހޭނެ ކަމަށް އާބަންކޯ އިން ބުންޏެވެ.

"އެ ފަރާތްތަކަށް ދޫކޮށްފައިވާ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ސާފުކުރުމާއި މެއިންޓަނަންސް މަސައްކަތްތަކަކީ އެ ސަރަހައްދު ދޫކޮށްފައިވާ ފަރާތްތަކުގެ ޒިންމާއެކެވެ،" އާބަންކޯ އިން ބުންޏެވެ.

އެ ކުންފުނިން މީގެ ކުރިން ވަނީ ވޯޓާ ސްޕޯޓްސް ހިންގާ މީހުންނަށް ޓޭކްއަވޭ ހިދުމަތްދިނުމުގެ ހުއްދަ ވެސް ދީފަ އެވެ.

މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ މީހުން ހަފްތާ ބަންދާއި އެކި ޗުއްޓީތަކުގައި ހުޅުމާލެ ގޮސް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އުޅެމުން އަންނައިރު، ހުޅުމާލޭގެ ހުރިހާ ސަރަހައްދަކީ ވެސް މުޖުތަމައުގެ ގުޅުން ބަދަހިކޮށް، އާއިލާތަކާއި ރަހްމަތްތެރިންނަށް ވެސް ބޭނުންކުރެވޭނެ ފަދަ މާހައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.