ސައުދީއާ އެކު 40 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ސައުދީއާ އެކު 40 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

Author
މުޙައްމަދު ޝަޒައިމް
15 މެއި 2023 10:57
0

ރާއްޖެއިން ސައުދީ އަރަބިއްޔާއާ އެކު 40 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، އެއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް "އެސްއެމްއީ އިމްޕެކްޓް ފަންޑު" ހެދުމަށް ސައުދީގެ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާ އެކު ހެދި އެއްބަސްވުމެއް ކަމަށެވެ.

ސައުދީއާއެކު ބޮޑު އެއްބަސްވުމެއްގައި ސަރުކާރުން މި ސޮއިކުރީ އެ ގައުމާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށް އަޑު ފެތުރިފައި އޮތް ދަނޑިވަޅެއްގައެވެ.

ރާއްޖެ އިން ސައުދީ އަރަބިއްޔާއާ އެކު 40 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި (614 މިލިއަން ރުފިޔާ)ގެ އެއްބަސް ވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއެވެ. ސައުދީގެ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ ފަރާތުން ސޮއި ކުރެއްވީ އެބޭންކުގެ ރައީސް މުހައްމަދު އަލް ޖަސީރުއެވެ.

އެ އެއްބަސްވުމުގައި ސޮއިކުރީ މިހާރު ސައުދީގައި ކުރިއަށް ގެންދާ އެ ބޭންކުގެ އަހަރީ ބައްދަލުވުމުގެ ތެރެއިންނެވެ. ދިވެހި ސަރުކާރުގެ ވަފުދެއް އެ ބައްދަލުވުމުގައި އަންނަނީ ބައިވެރިވަމުންނެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، ކޯވިޑް-19ގެ ހާލަތުން އަރައިގަނެ ރާއްޖޭގެ އިގުތިސާދު އަލުން ކޮޅަށް ޖެހުމަށް މި ސަރުކާރުން ކުރި މަސައްކަތްތަކަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ ރައީސް ވަރަށް ބޮޑަށް ތައުރީފު ކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.