ވެރިކަމަކީ މީހަކު ހަމަ ބޭނުންވާއިރަށް ލިބޭ އެއްޗެއްނޫން: އިމްރާން

ވެރިކަމަކީ މީހަކު ހަމަ ބޭނުންވާއިރަށް ލިބޭ އެއްޗެއްނޫން: އިމްރާން

Author
މުޙައްމަދު ޝަޒައިމް
13 މެއި 2023 11:05
0

ވެރިކަމަކީ މީހަކު ހަމަ ބޭނުންވާއިރަށް ލިބޭ އެއްޗެއްނޫން ކަމުގައި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެއްޖެއެވެ.

ރިިޔާސީ އިންތިޚާބަށް 4 މަހަށް ވެފައިވާއިރު، އަދާލަތު ޕާޓީން ވަނީ މިހާރުގެ ރައީސް އަދި އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދުކުރުމަށް ނިންމާފައެވެ. އިމްރާން މިއަދު ވިދާޅުވީ ވެރިކަމަކީ މީހަކު ހަމަ ބޭނުންވާއިރަށް ލިބެން އޮންނަ އެއްޗެއް ނޫންކަމަށެވެ. އެއީ އެކަން ދެއްވާ މީހަކު އިންތިޚާނު ކުރުމަށްޓަކައި މާތް ރަސްކަލާންގެ ދެއްވާ އެއްޗެއްކަމަށް އިމްރާން ވިދާޅުވިއެވެ.

ވެރިކަމަކީ މީހަކު ހަމަ ބޭނުންވާއިރަށް ލިބޭ އެއްޗެއްނޫން. ވެރިކަމަކީ އެކަން ދެއްވާ މީހުން އިމްތިޚާނު ކުރެއްވުމަށް މާތް ރަސްކަލާންގެ ދެއްވާ އެއްޗެއް.

– މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީގެ ކެމްޕޭން މެނޭޖަރު ކަމަށް އެ ޕާޓީގެ ނާއިބު ރައީސް މުހައްމަދު އިޔާދު ހަމީދު ވަނީ އައްޔަންކޮށްފައެވެ. އަދާލަތު ޕާޓީން ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުންދާއިރު، އަދާލަތުން ތާއީދުކުރާ އެމްޑީޕީގެ ކެނޑިޑޭޓުގެ ކެމްޕެއިން މަސައްކަތް އަދި ފަށާފައި ނުވެއެވެ.

ރިޔާސީ އިންތިޚާބުގައި އަދާލަތު ތާއީދު ކުރާ އެމްޑީޕީއާއިއެކު އެމްޑީއޭއިންވެސް ވަނީ ކޯލިޝަން ހަދާފައެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން ވަނީ ވަކިން ވާދަކުރަން ނިންމައި، އިނންތިޚާބުގެ ކެމްޕެއިނން ހަރަކާތްތައް ފަށާފައެވެ. އަދި އެޕާޓީން ގެންދަނީ ކޯލިޝަން ހެދުމަށް އެކި ޕާޓީތަކާއި މަޝްވަރާ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ތ ތޮއިލާ
ތީ މިހާރު އޮއްސިފަ އިން މީހެއް. ކަލޭ ދައްކާނެ ވާހަކަ އަޑުއަހާނީ ތިކަހަލަ ރުނޑިން.