ނައިބު ރައީސް ބަންގްލަދޭޝަށް ފުރާވަޑައިގެންފި

ނައިބު ރައީސް ބަންގްލަދޭޝަށް ފުރާވަޑައިގެންފި

Author
ހުސެއިން
11 މެއި 2023 07:59
0

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، 6 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރޭ ބަންގްލަދޭޝްއަށް ފުރާވަޑައިގެންފިއެވެ. މި ކޮންފަރެންސް އޮންނާނީ މި ހިނގާ މެއި މަހުގެ 12 އަދި 13 ވަނަ ދުވަހު، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.

ދެ ދުވަހުގެ މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެން، ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާނެއެވެ. މި ކޮންފަރެންސްގެ މި ފަހަރުގެ ޝިޢާރަކީ، "ދެމެހެއްޓެނިވި ކުރިމަގަކަށް، ސުލްޙައާއި ފާގަތިކަން އަދި ބައިވެރިވުން" މި ޝިއާރެވެ. މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އިންޑިއާ ކަނޑުގެ ސަރަޙައްދީ ގުޅުން ބަދަހިކުރުމުގެ މަގުޗާޓެއް އެކުލަވާލުމަށްޓަކައި ކަމާބެހޭ ފަރާތްތައް އެއްތަނަކުން ބައްދަލުވެ މަޝްވަރާކުރެއްވުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގެ ތެރެއިން މި ކޮންފަރެންސްެގެ ހަވާސާގައި، ބަންގްލަދޭޝް ސަރުކާރުގެ އިސްވެރިންނާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވަވާނެއެވެ. މީގެ އިތުރުން ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހިންނާވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.