ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދޭ އެލަވަންސް އަންނަ މަހު ބޮޑުކުރަނީ

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދޭ އެލަވަންސް އަންނަ މަހު ބޮޑުކުރަނީ

Author
އަޒްފާ ރަޝީދު
08 މެއި 2023 04:40
0

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދެމުން އަންނަ އިނާޔަތް ޖޫން މަހުން ފެށިގެން ބޮޑު ކުރުމަށް ނިންމާފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރަައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މިހާރު ދެމުން އަންނަ އެލެވެންސް އަންނަ މަހުން ފެށިގެން ބޮޑު ކުރުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ބޮޑު ކުރަނީ ކިހާ ވަރަކަށް ކަމަށް މިއުވާން ވިދާޅެއްނުވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިހާރު ސަރުކާރުން ދެމުން އަންނަނީ 2000 ރުފިޔާއެވެ. އެ އަދަދު 5000 ރުފިޔާއަށް ބޮޑުކޮށްދިނުމަށް ބްލައިންޑު އެސޯސިއޭޝަނުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއަށް ހުށަހަޅުއްވާފައެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އެލެވެންސް ބޮޑުކޮށްދެއްވާނެ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރަައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދި ފަހުން ވަނީ ޓީޗަރުންނާއި ސިއްހީ ދާއިރާގެ ފެރާތްތަކުގެ މުސާރަ ބޮޑުކޮށްދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރަސް
ކޮބާ އެކަނިވެރި މައިން. ކޮބާ ދޮށީ ޢުމުރުގެ މީހުން. ބޮޑުކުރުން ޙައްޤު ބައެއް