ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިއްޔެ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ.
އެކްސިޑެންޓު ހިނގީ ހުޅުމާލެ ދެވަނަ ފިޔަވަހި ނިރޮޅުމަގުގައި ޕިކަޕަކާއި ސައިކަލެއް ޖެހިގެންނެވެ. އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެ ހަވީރު 3:17 ހާއިރުއެވެ.
މި އެކްސިޑެންޓްގައި އަނިޔާވި އުމުރުން 20 އަހަރުގެ ޒުވާނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.