"ސަތިޔަޕްރޭމް ކީ ކާތާ" ގެ ޝޫޓީން ނިންމައިލައިފި

"ސަތިޔަޕްރޭމް ކީ ކާތާ" ގެ ޝޫޓީން ނިންމައިލައިފި

Author
ފާތިމަތު ނާވީ
30 އޭޕްރިލް 2023 07:50
0

ބޮލީވުޑްގެ މަގުބޫލު އަދި ޒުވާން ދެތަރިން ކަމުގައިވާ ކާތިކް އާރިޔާން އާއި ކިއާރާ އަދުވާނީ އެކުގައި ފެނިގެންދާ  ދެވަނަ ފިލްމް "ސަތިޔަޕްރޭމް ކީ ކާތާ" ގެ ޝޫތިންގ ނިންމައިލައިފިއެވެ.

މި ފިލްމްގެ ސެޓުން ނަގައިފައިވާ ފޮޓޯ އަކާއި އެކުގައި ފިލްމް ގެ ޝޫޓިން ނިންމި ކަން އިއުލާން ކުރީ ފިލްމް ގެ ބަތަލާ އެވެ. އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓް ކުރި ފޮޓޯއެއްގައި އޭނާ ވަނީ ކާސްޓުގެ ވާހަކަ ފާހަގަ ކޯށްފައިއެވެ. ފިލްމް އަށް ތައުރީފް ކޮށް ބުނެފައިވަނީ ހުރިހާ މީހުން ކުރި މަސައްކަތް ވަރަށް ފުރިހަމަކަށެވެ.

 

View this post on Instagram

 

A post shared by KIARA (@kiaraaliaadvani)

ނޭޝަނަލް އެވޯޑް ހޯދާފައިވާ ސަމީރު ވިދުވަންސް ޑައިރެކްޓްކޮށް މަޝްހޫރު ޕްރޮޑިއުސަރު ސާޖިދު ނަޑިއާޑްވާލާ ޕްރޮޑިއުސްކުރާ އެ ފިލްމުގެ ޕޯސްޓަރެއް މީގެ ކުރިން ކިއާރާގެ އުފަން ދުވަހާ ދިމާކޮށް ވަނީ ދައްކާލައިފައެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

އެ ފިލްމަކީ މިއުޒިކަލް ލަވް ސްޓޯރީ އެކެވެ.  ފިލްމް އެޅުވުމަށް ތާވަލް ކޮށްފައިވަނީ މި އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހަށެވެ. މިއީ ދެތަރިން އެކުގައި ކުޅޭ ދެވަނަ ފިލްމެވެ. މީގެ ކުރިން ދެތަރިން ވަނީ ފިލްމު "ބޫލް ބުލައްޔާ 2″ އިން ފެނިގެން ގޮސްފައެވެ. އެ ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ފިލްްމެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.