5 އަތޮޅެއްގައި 6 ރިސޯޓް އަލަށް ހުޅުވާނެ: ޓުއަރިޒަމް މިނިސްޓްރީ

5 އަތޮޅެއްގައި 6 ރިސޯޓް އަލަށް ހުޅުވާނެ: ޓުއަރިޒަމް މިނިސްޓްރީ

ގުޅުންހުރި

މި އަހަރުގެ ތެރޭގައި ރާއްޖޭގެ 5 އަތޮޅެއްގައި އިތުރު 6 ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްތްރީއިން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިއަހަރު އަދި އިތުރު 6 ރިސޯޓެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށާއި މީގެތެރޭގައި ރާއްޖޭގެ 5 އަތޮޅެއްގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ރިސޯޓްތައް ހިމެނޭކަމަށް ބުނެފައިވެއެވެ.

މިއަހަރު ހުޅުވުމަށް ތައްޔާރުވަމުން އަންނަ ރިސޯޓްތައް:

* ރ.ކުޑަކުރަތުގައި ތަރައްޤީކުރަމުން އަންނަ 400 އެނދުގެ ރިޒޯޓް
* ބ.ބޮޑުފިނޮޅުގައި ތަރައްޤީކުރަމުން އަންނަ 200 އެނދުގެ ރިޒޯޓް
* ޅ.މާބިންހުރާގައި ތަރައްޤީކުރަމުން އަންނަ 408 އެނދުގެ ރިޒޯޓް
* ޅ.ދެރުފިނޮޅުގައި ތަރައްޤީކުރަމުން އަންނަ 172 އެނދުގެ ރިޒޯޓް
* މާލެއަތޮޅު ފަޅެއް ހިއްކައިގެން ތަރައްޤީކުރަމުން އަންނަ 260 އެނދުގެ ރިޒޯޓް
* އދ.ބޮޑުފިނޮޅުގައި ތަރައްޤީކުރަމުން އަންނަ 200 އެނދުގެ ރިޒޯޓް

މިއަހަރުގެ މިހާތަނަށް ރާއްޖޭގައި ވަނީ މުޅިން އަލަށް 2 ރިސޯޓެއް ހުޅުވައިފައެވެ. އެއީ ވ.އަތޮޅުގައި ހުޅުވި ނޫއީ މޯލްޑިވްސް ކުނާވަށި ރިސޯޓާއި، ބ.އަތޮޅުގައި ހުޅުވި އަވާނީ ފަރެސް މޯލްޑިވްސް ރިސޯޓެވެ.

ނޫއީ މޯލްޑިވްސް ކުނާވަށި ރިސޯޓް ހުޅުވީ މާރޗް މަހުގެ 15 ވަނަ ދުވަހުއެވެ. އަވާނީ ފަރެސް މޯލްޑިވްސް ރިސޯޓް ހުޅުވީ މާރޗް މަހުގެ 29 ވަނަ ދުވަހުއެވެ. މި 2 ރިސޯޓަކީވެސް 100 އެނދުގެ ރިސޯޓްތަކެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ