ހއ. ހޯރަފުށީގައި ގާއިމުކުރާ ހޮސްޕިޓަލް އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާން ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހޯރަފުށީ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ.
އެ މަޝްރޫއުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 4.30 މިލިއަން ރުފިޔާ ދައްކަން ޖެހޭއިރު، މަސައްކަތަށް ޝަރުތު ހަމަވާ މީހުން ހޯއްދެވުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތިންނެވެ.
ހޯރަފުށީގައި ބިނާކުރައްވަ ހޮސްޕިޓަލްގެ ބިޑްތައް ހުޅުއްވުން އޮންނާނީ އަންނަ މަހުގެ 4 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11 ޖަހާއިރެވެ.
ހޯރަފުށީގެ ހެލްތު ސެންޓަރު ހޮސްޕިޓަލަކަށް ތަރައްގީ ކުރުމުގެ މަޝްރޫއަށް މިއަހަރުގެ ބަޖެޓުގައި ވަނީ 1.1 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހިމަނައިފައެވެ.
ކޮމެންޓު ފޮނުވާ