މި ރޯދަމަހު މާލެއިން އުކާލި ކުނި ރެކޯޑު މިންވަރަކަށް އިތުރު!

މި ރޯދަމަހު މާލެއިން އުކާލި ކުނި ރެކޯޑު މިންވަރަކަށް އިތުރު!

Author
ޢަލީ އާދަމް
22 އޭޕްރިލް 2023 10:29
0

މި ރޯދަމަހު މާލޭގެ ގޭބިސީތަކުން ކުނީގެ ގޮތުގައި އުކާލި ތަކެތި ރެކޯޑު މިންވަރަކަށް އިތުރުވެފައިވާކަމަށް ވޭސްޓް މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ)އިން ބުނެފިއެވެ.

ވެމްކޯއިން ބުނީ މާލޭގެ ގޭބިސީތަކުން މި ރޯދަމަހު އުކާލި ކުނީގެ މިންވަރު %31 އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިރޯދަމަހުގެ ފުރަތަމަ ހަފްތާގައި އެކަނިވެސް 919 ޓަނުގެ ކުނި ގޭގެއިން އުކާލިކަމަށާ، ރޯދަމަސް ނިމުނުއިރު އެއަދަދު %32 އިތުރުވެފައިވާކަމަށެވެ.

ކުނީގެ މައްސަލައަކީ މުޅި ރާއްޖޭގައިވެސް އެންމެބޮޑު އެއް މައްސަލައެވެ. ވަކިން ޚާއްސަކޮށް މާލޭގައި މިމައްސަލަ ބޮޑެވެ. ރޯދަމަކީ މާލޭގައި ކުނި އުފެދޭ މިންވަރު އާދަޔާ ޚިލާފަށް އިތުރުވާ މަހެކެވެ. އެއް އަހަރުން އަނެއް އަހަރަށް މާލެއަށް ހިޖުރަކޮށް ދިރިއުޅުން މިތަނަށް ބަދަލުކުރާ މީހުންނާއެކު މިމައްސަލަވެސް ދަނީ ކޮންޓްރޯލްނުވެ ބޮޑުވަމޖުންނެވެ. މިމައްސަލައަށް ޙައްލެއް ގެނެސް ރައްކާތެރިގޮތުގައި މާލޭގައި ކުނި މެނޭޖުކުރުމަށް ވެމްކޯ އުފެއްދިފަހުންވެސް އަދި މިމައްސަލައަށް ނިޒާމީ ޙައްލެއް މުޅިން ނާދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.