ބެސްޓް ޓޫރިޒަމް ވިލެޖަސްއަށް ކުރިމަތިލުމުގެ މުއްދަތު ހޯމަ ދުވަހަށް އިތުރުކޮށްފި

ބެސްޓް ޓޫރިޒަމް ވިލެޖަސްއަށް ކުރިމަތިލުމުގެ މުއްދަތު ހޯމަ ދުވަހަށް އިތުރުކޮށްފި

Author
އަޒްފާ ރަޝީދު
22 އޭޕްރިލް 2023 05:52
0

"ބެސްޓް ޓޫރިޒަމް ވިލެޖަސް 2023″ އަށް ކުރިމަތިލާން ދިން މުއްދަތު އަންނަ ހޯމަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި މުއްދަތު އިތުރުކުރީ މިކަމަށް ކުރިމަތިލާން ވީހާ ވެސް ގިނަ ރަށްރަށަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

"ބެސްޓް ޓޫރިޒަމް ވިލެޖަސް" އަކީ އދ. ގެ ޓޫރިޒަމާ ބެހޭ މައި އިދާރާ، ޔޫއެންޑަބްލިއުޓީއޯގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިކަމަށް އާބާދީގައި 15،000 ހަމަ ނުވާ ކޮންމެ ރަށަކަށް ވެސް ކުރިމަތި ލެވޭނެ އެވެ.

"ބެސްޓް ޓޫރިޒަމް ވިލެޖަސް 2023″ ގައި ވާދަކޮށް ކާމިޔާބު ކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ރަށްތަކާ އެކީ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ. މިއީ ރަށްފުށުގެ ކުރިއެރުމާއި ތަރައްގީ އަށް އަދި ދުޅަހެޔޮ ދިރިއުޅުމަށް މަގުފަހިކޮށްދޭ ވަސީލަތްތުގައި ޓޫރިޒަމް ބޭނުން ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ރަށްފުށުގެ ޓޫރިޒަމަށް އަމާޒުކޮށް ޔޫއެންޑަބްލިއުޓީއޯ އިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ދެހާސް އެކާވިސް ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި މިހާތަނަށް 40 ގައުމަކުން 70 އަށް ވުރެ ގިނަ އަވަށާއި ރަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރަމުން އާދެ އެވެ.

"ބެސްޓް ޓޫޒަމް ވިލެޖެސް" އަކަށް ހޮވިއްޖެ ނަމަ، އެ ނެޓްވޯކްގެ އެހެން އަވަށްތަކާއި ގުޅިގެން ޓޫރިޒަމް ކުރިއެރުވުމަށް އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދަން ފުރުސަތު ފަހިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.