"ޓައިގާ ވާސަސް ޕަޓާން" އަށް ބަތަލާއަކު ލިބިއްޖެ

"ޓައިގާ ވާސަސް ޕަޓާން" އަށް ބަތަލާއަކު ލިބިއްޖެ

ބޮލީވުޑްގެ ދެ ސްޕަސްޓާރުން ކަމުގައިވާ ސަލްމާން ހާން އާއި ޝާހުރުކް ހާން އެކުގައި ފެނިގެންދާ ފިލްމް "ޓައިގާ ވާސަސް ޕަޓާން" އަށް ޒުވާން ބަތަލާ ޝަރްވާރީ ވާގް ހަމަޖައްސައިފައި ވާކަމަށް ހަބަރުތަށް ބުނެފިއެވެ.

އިންޑަޝްޓްރީ އަށް އާ ނޫން ނަމަވެސް ޝްރްވަރީ ބޮލީވުޑް އަށް ތައާރަފް ވީ 2021 ވަނަ އަހަރުގެ ފިލްމް "ބަންޓީ އޯރް ބަބްލީ 2″ އިންނެވެ. ނަމަވެސް އޭގެ ކުރިން 26 އަހަރުގެ ބަތަލާ ވަނީ ބައެއް ފިލްމް ތަކުގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިއެވެ.

އެގޮތުން އޭނާ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ވަނީ "ޕިޔާރް ކާ ޕަންޗުނާމާ 2″ އާއި "ބާޖިރާއޯ މަސްތާނީ" އަދި "ސޯނޫކެ ޓީޓޫކި ސުވިޓީ" ގައި މަސައްކަތް ކޮށްފައިއެވެ.

މީޑިއާތަކުން ބުނީ ޝާހްރުކް، 57، އާއި ސަލްމާން، 57، ގެ ފިލްމަށް ވާން ޖެހޭ ތައްޔާރީތައް އޭނަ މިހާރު ވެސް ވަމުން އަންނަ ކަމަށް ވެއެވެ. އަދި މި ފިލްމްގެ ޝޫޓިން އަންނަ އަހަރުގެ ޖެނުއަރީގައި ފަށާ ގޮތަށް ނިންމައިފައިވާ ކަމަށް މުނިފޫހި ފިލުވުމގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.

މި ފިލްމް އަށް ޝާރްވަރީ ނަގައިފައިވާ ކަމަށް އަޑު ފެތުރިފައިވާ އިރުގައި ޝާރްވަރީ ވަނީ ހަށިގަނޑު ފިޓްކުރަން ފިޓްނެސް ޓްރެއިންތަކެއް ހަދާތަން ދައްކުވައިދޭ ވީޑީއޯތަކެއް އޭނާގެ އިންސްތަގްރާމްގައި ހިއްސާ ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Sharvari 🐯 (@sharvari)

"ޓައިގާ ވާސަސް ޕަޓާން" އަކީ ޝާހުގެ "ޕަޓާން" އާއި މިއަހަރު ރިލީޒް ކުރުމަށް ހަޖެހިފައިވާ ސަލްމާންގެ ފްރެންޗައިޒް "ޓައިގާ" ގެ ކެރެކްޓާ ތަށް ނަގައިގެން ހަދަން ނިންމައިފައި ފިލްމްއެކެވެ.

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *