Author
ޢަލީ އާދަމް
14 އޭޕްރިލް 2023 07:50
0

އަތޮޅުތަކުގެ 3 ރަށެއްގައި ކޯލްޑް ސްޓޯރޯޖު ހަދައިދޭނެ ބަޔަކު ހޯދަން ޢިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ވަނީ ގއ.ކޫއްޑުާއި މާލެއަތޮޅު ކަނޑުއޮތްގިރިއާއި މ.މުލަކުގައި ކޯލްޑް ސްޓޯރޭޖް ހަދައިދޭން ބަޔަކު އެކަން ހުށަހެޅުމަށް އެދިފައެވެ. ކޯލްޑް ސްޓޯރޭޖާއި އެއާ ގުޅޭ ބައެއް ކަންކަންވެސް މިތަންތަން ހެދުމުގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

މިއީ ސައުދީ ޢަރަބިއްޔާގެ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މަޝްރުޢުތަކެކެވެ. މި މަޝްރޫއުތަކުގެ ތެރެއިން ކޫއްޑޫގައި އިތުރު 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީއާއި ޕަވަރ އިމްޕްރޫވްމަންޓްގެ މަސައްކަތް ކުރިއަށްގެންދާނެއެވެ. އަދި ކަނޑުއޮތްގިރީގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީއާއި ބްލާސްޓް ފްރީޒިންގް ފެސިލިޓީއެއް ހަދާނެއެވެ. މީގެ އިތުރުން މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެއެވެ.

މި މަޝްރޫޢުތަކުގެ މަސައްކަތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.